English Edition
Dhivehi Edition

ނުރައްކާތެރި ހަތިޔާރު ގެންގުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް މާފުށީ ޖަލު ފާސްކުރަން ފަށައިފި އެވެ. ރެއިން ފެށިގެން މީޑިޔާ ތަކުގައި ވަނީ މާފުށީ ޖަލުގެ ޔުނިޓް-4 ގައި ނުރައްކާތެރި ހަތިޔާރު ގެންގުޅޭކަމުގެ އަޑުތައް ފެތުރިފައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، ޖަލުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ފަދަ ތަކެތި ހޯދަން އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިރުޝާދުގެ ދަށުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ޑެޕިއުޓީ ކޮމިޝަނަރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގައި ކަމަށާއި، އެ އޮޕަރޭޝަން ފަށައިގެން ނިމެންދެން ވީޑިއޯ ކުރާނެ ކަމަށެވެ.

މާފުށީ ޖަލު ބަލާފާސްކުރަން މިނިސްޓްރީން ހުއްދަ ދީފައިވާއިރު މީގެ ދެތިން ދުވަސް ކުރިން ވަނީ މާފުށީ ޖަލުގައި ގައިދީންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ހަމަނުޖެހުން ހިންގާފައެވެ. އަދި މި ހަމަނުޖެހުންތަކާއި ގުޅިގެން ވަނީ ޖަލުގެ ކޮމާންޑަރަކުވެސް ސަސްޕެންޑު ކޮށްފައެވެ.