English Edition
Dhivehi Edition
މާފުށީ ޖަލު -- ފޮޓޯ: ގޫގަލް

މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދީފައި ވާކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިއަދު ހަވީރު ކޮށްފައިވަ ޓްވީޓްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި މިއަދު ގައިދީއަކު އޮފިސަރަކަށް ހަމަލާދިނުމާއި ގުޅިގެން އެ އޮފިސަރ އިތުރު ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލުގެ ހާލަތު މިވަގުތު ވަނީ އާންމު ހާލަތަކަށް ގެނެވިފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގީ މާފުށި ޖަލުގެ ޔުނިޓްދޭއް ގައި ހަމަނުޖެހުމެއް ހިނގައި އޮފިސަރަކަު ގައިދީއެއްގައިގައި ޖެހުމުންނެވެ. މާފުށިޖަލުގައި ގައިދީންތަކަށް އަނިޔާކުރަމުންދާކަމަށް ތުހުމަތުކޮށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހިމް ޝުޖާއުވެސް ވަނީ ގައިދީންނަށް ކުރާއަނިޔާ ހުއްޓާލުމަށް ޓްވިޓާގައި އަޑު އުފުލާލާފައެވެ.

މިހާދިސާގައި އޮފިސަރަށް ލިބުނު އަނިޔާ އާއި ގައިދީންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައި ނުވެއެވެ.