English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގެ ވަލުތެރެއިން 14 ހަމުގެ ބަނގުރާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި ހަންތައް ފެނިފައިވަނީ ރަށުގެ ވަލުތެރޭގައި ބަނގުރާ ކައްކާ އުފައްދާ ކަމަށް ފުލުހުނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހިތަދޫ ވަލުތެރެ ބަލައި ފާސްކުރަމުގެ ތެރޭގައި 14 ހަމުގެ ބަނގުރަލުގެ އިތުރުން ބަނގުރާ ކައްކަން ބޭނުންކުރި ދެ ގޭސްފުޅި އާއިގޭސް އުދުނެއްގެ އިތުރުން އެ ކަމަށް ބޭނުން ކުރާ ޕްލާސްޓިކް ފީފާ އެއްވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ