English Edition
Dhivehi Edition

ޓެރަރިސްޓް ޢަމަލުތަކަށް ރެކްރޫޓް ކުރުން ހުއްޓުވުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ. މި ވޯކްޝޮޕަކީ އިންޓަނެޓް އާއި މީސްމީޑީއާގެ ޒަރީއާއިން ޒުވާނުން ޓެރަރިސްޓް ޖަމާޢަތްތަކާއި ޓެރަރިސްޓް ޢަމަލުތަކަށް ރެކްރޫޓް ކުރުން ހުއްޓުވުމުގެ ގޮތުން ނޭޝަނަލް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ހިންގާ ވޯކްޝޮޕެކެވެ.

މިއަދު ފެއްޓި މި ވޯކްޝޮޕް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުއެވެ. އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވީ ޓެރަރިޒަމްގެ ޢަމަލުތަކުން ޒުވާނުން ސަލާމަތް ކުރުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަޙްޤީޤުކުރާ އިދާރާތަކުގެ މުހިންމުކަން ބޮޑު ކަމަށެވެ.

ރާއްޖޭގެ ފަސް އިދާރާއެއްގެ އިތުރުން ބަންގްލަދޭޝް އަދި ސްރީލަންކާގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭފުޅުންނާއެކު މި ވޯކްޝޮޕްގައި 34 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.