English Edition
Dhivehi Edition

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަމުން އަންނަ ރިޔާސީ ކޮމިޝަނަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އެކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަރު ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲ ގެއްލުވާލި މައްސަލައާއި ދީީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި އަދީބާ ސުވާލުކޮށްފައިވާ ކަމަށެވެ.

އަދީބު ހާޒިރު ކުރި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އެ ކޮމިޝަނުން ވަނީ ކޮމިޝަންގެ މަސައްކަތްތައް ނިމުމަކާއި ގާތްވެފައިކަމަށް މީގެ ކުރިން ބުނެފައެވެ. އަދި މައްސަލަތަކުގެ މޯޓިވް ދެނެގަނެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބުނެފައެވެ.

މިހާތަނަށް އެ ކޮމިޝަނަށް ހަތަރު ފަރާތެއް ވަނީ ހާޒިރުކޮށް ބަޔާން ނަގާފައެވެ. އަދީބުގެ އިތުރުން ދެން ކޮމިޝަނަށް ބަޔާން ދީފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ޕީޕީއެމް ކައުންސިލްގެ ކުރީގެ މެންބަރު ޒާހިދު ރަމީޒާއި، އަހުމަދު އަޝްރަފް (ޝުމްބާ) އެވެ.