English Edition
Dhivehi Edition

ދެ އަހަރުންފެށިގެން ކޮންމެ ކުއްޖަކަށްވެސް ފްރީ ސްކޫލް ތައުލީމު ލިބޭނޭގޮތަށް ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހް ހުށައަޅައިފި އެވެ. އެގޮތުން މި އިސްލާހުގައިވާ ގޮތުން އުމުރުން ދެ އަހަރުންފެށިގެން ކޮންމެ ކުއްޖަކަށްވެސް ފްރީ ސްކޫލް ތައުލީމު ކަށަވަރުކޮށް، ރާއްޖޭގެ ކޮންމެ ރަށަކުން ޕްރީސްކޫލް ތަޢުލީމު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ލާޒިމްކޮށްފައި ވެއެވެ.

ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހް ހުށައަޅުއްވަކުން ސަރުކާރާ އިދިކޮޅު އިދިކޮޅު ޕީއެންސީގެ މެންބަރު، ފެލިދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ބުނެފައިވަނީ، މި ބިލަކީ، ތުއްތުކުދިންނަށް ޅަފަތުގެ ތައުލީމުގެ ފުރުސަތުތައް ވީހާވެސް ފުޅާކޮށްދިނުމުގެ މަގުސަދުގައި ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.

މި ބިލުގައި ވާގޮތުން، ދިވެހިރާއްޖޭގެ ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުންނާއި ދިވެހި ކުންފުނިތަކުންނާއި ދިވެހި ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުންނާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން، ރާއްޖޭގައި ޕްރީ ސްކޫލް އުފައްދައި، ހިންގައި، ތުއްތު ކުދިންނަށް ދޭ ޅަފަތުގެ ތައުލީމު ރާއްޖޭގައި ވީހާވެސް ފުޅާކޮށް ލިބިދީ، އޮއްޓަރު ހުރި ފޭރާން ހެޔޮ ތައުލީމެއް އެ ކުދިންނަށް ލިބިދޭން ޖެހޭނެއެވެ.

މި ބިލުގައި ބުނެފައިވަނީ، ތުއްތުކުދިން ދިރިއުޅޭ ރަށެއްގައި ޕްރީސްކޫލެއް ނެތްނަމަ، ދައުލަތުން އެމުޖުތަމައުގައި ޕްރީސްކޫލެއް ޤާއިމުކޮށް، އެމުޖުތަމައުގައި ތިބި ޕްރީސްކޫލް އުމުރުގެ ކުދިންނަށް ޕްރީސްކޫލް ތަޢުލީމުގެ އިންތިޒާމްތައް ހަމަޖައްސަންވާނެ ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ފްރީ ސްކޫލް ހިންގުމުގެ ގާނޫނަކީ 2012 ވަނަ އަހަރު އަމަލު ކުރަންފެށި ގާނޫނެކެވެ.