ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު، “ދަންޑެހެލު ވާދެމުމުގެ މުބާރާތް” ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ‘ލޫޅާފަތި’ ޓީމުން ހޯދައިފިއެވެ.
އައްޑޫ ސިޓީ މަރަދޫގައި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ދިޔަ މި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، އަންހެން ކެޓަގަރީގެ ފައިނަލްގައި މަރަދޫ ޓީމާ ބައްދަލަކުކޮށް ލޫޅާފަތިން މިބާރާތް ކާމިޔާބުކުރިއިރު މިއީ މުޅި ޓީމުން ކުރި ބުރަ މަސައްކަތްކަމަށް އެ ޓީމުގެ ކެޕްޓަން ވަނީ ބުނެފައެވެ.
“މިއީ މުޅި ޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ދެވަނަ ފަހަރަށް ތަށި ދިފާއު ކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،” މެޗަށްފަހު އުފާފާޅުކުރަމުން ލޫޅާފަތި ޓީމުގެ ކެޕްޓަން ބުންޏެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށާއި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ ހަނދާނީ ލިޔުމާއި، އަދި ފައިސާގެ އިނާމުތައް ހަވާލުކޮށްފައެވެ.
މިއީ މި މުބާރާތުގެ ތަށި ޖެހިޖެހިގެން ލޫޅާފަތި ޓީމުން އުފުލާލި ދެވަނަ ފަހަރުކަމުގައިވާއިރު މުޅި ދަނޑުން ފެނުނީ ދެ ޓީމުގެ ސަޕޯޓަރުންގެ ފޯރިގަދަ އަޑުތަކާއި ހިތްވަރު ދިނުމެވެ.