English Edition
Dhivehi Edition

މިހާރު ވެސް ސިންގަޕޫރު އެއާޕޯޓަކީ މި ސަރަހައްދުގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ވަރުގަދަ އެއާޕޯޓަކެވެ. ދުނިޔޭގެ އެއް ވަނަ އެއާޕޯޓުގެ މަޤާމު މިހާރު ޖެހިޖެހިގެން ތިން އަހަރު ހޯދައިފި އެވެ. ނަމަވެސް އެ މީހުން މިހާރު ވިސްނަމުން ދަނީ މިހާރަށް ވުރެ ފުރިހަމަ އެއާޕޯޓަކަށެވެ.

މިހާރު އަހަރެއްގެ މައްޗަށް 66 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެމުންދާ އެއާޕޯޓް 2017 ގައި އާޓާމިނަލް ހެދިގެން އަންނަ އިރު 82 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ފަސޭހަކަމާ އެކު ދެވޭ ނެއެވެ. އެހާ ހިސާބުން އަދި ނިއްމައެއް ނުލަ އެވެ. އެ މީހުންގެ އުއްމީދަކީ އަހަރެއްގެ މައްޗަށް 130 މިލިއަން ދަތުރުވެރިންނަށް އެންމެ ޒަމާނީ ޚިދުމަތް ދިނުމެވެ.

Singapore_Changi_Airport

އެއާޕޯޓުގެ ޓާމިނަލް 4 ފަރުމާވެގެން ދާނީ އެތައްބަޔަކު ސިއްސުވާލާ ފަދަ ޚިދުމަތްތަކާ އެކު އެވެ. މި ކަމަށް ލަފާކޮށްފައިވާ ބަޖެޓަކީ 700 މިލިއަން ޑޮލަރެވެ.
އަލަށް ހަދަން ނިންމާފައިވާ ޕްރޮޖެކްޓުގެ ނަމަކީ “ޖްވެލް” އެވެ. މިހާރު ވެސް އަންނަނީ އޭގެ މަސައްކަތް ބާރަށް ކުރަވެމުންނެވެ. ލަފާ ކުރެވޭ ގޮތުން އެތަން ހުޅުވޭނީ 2018 ގަ އެވެ.

23E61CD100000578-2868183-Construction_got_underway_this_month_on_Singapore_s_726million_J-a-4_1418317769518

މިތަން ޑިޒައިން ކުރެވިފައި ވަނީ ޑޯނަޓެއްގެ ބައްޓަމަށެވެ. މިއީ 10 ބުރީގެ ބިޔަ އިމާރާތަކެވެ. މައްޗަށް ފަސް ބުރި ހުންނަ އިރު ބިމުގެ އަޑިއަށް ވެސް ފަސް ބުރި ހުންނާނެ އެވެ.

މިތަނުގައި ބޮޑު ޖަންގައްޔެއް ވެސް ފަރުމާ ކުރެވޭނެ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އިންޑޯ ބަގީޗާ އަށް ވެގެން ދާނެ އެވެ.

މީގެ އިތުރުން ވަރަށް އުސް ބިޔަ ވޯޓާ ފްލޯއެއްވެސް ހިމެނެ އެވެ. މިތަން ފަރުމާ ކުރެވެނީ ގުދުރަތީ އަޑުތަކާއި އަލިތައް ހުންނަ ގޮތަށެވެ. ސިންގަޕޫރުގެ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކުރެވޭ “ޖްވެލް” ވެގެންދާނީ ވަރަށް ފުރިހަމަ ޓާމިނަލަކަށެވެ.

NN (5)

ޖްވެލްގެ އިތުރުން މިހާރު ވަނީ ޓާމިނަލް ފަސް ވެސް ފަރުމާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. މި ހުރިހާ ކަމެއް ނިމިގެންދާ އިރު ސިންގަޕޫރު އެއާޕޯޓްވެގެން ދާނީ ހުރިހާ ކަމެއް އަމިއްލަ އަށް (ސެލްފް ސާވިސް) ކުރެވޭ ތަނެއްގެ ގޮތުގަ އެވެ. މިހާރު ވެސް އަމިއްލަ އަށް ޗެކިންވުމާއި އިމިގްރޭޝަންގެ ޚިދުމަތް އަމިއްލަ އަށް ކުރެވޭ ގޮތަށް ދުނިޔޭގެ އެހެން އެއާޕޯޓްތަކުގައި އެބަ ހުއްޓެވެ.

project_jewel_3

ސިންގަޕޫރުގެ ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު ޖޮސެފައިން ޓިއޯ ވިދާޅުވާ ގޮތުން އޮސްޓްރޭލިޔާގެ ސިޑްނީގެ ކިންގްސްފޯޑްގައި ދެވޭ ޚިދުމަތަކީ އެ މީހުން ވަރަށް ހިތްހަމަޖެހޭ ގޮތަށް ދެވޭ ޚިދުމަތަކެވެ. ސިންގަޕޫރުގެ އެއާޕޯޓްގެ ޚިދުމަތް މިއަށްވުރެ ފުރިހަމަ ވާނެ ކަމަށް ޓިއޯ ވިދާޅުވެ އެވެ.

މި ވެގެން ދާނީ އެޤައުމުން ދަމަހައްޓަމުންދާ އެއް ވަނަ އެއާޕޯޓްގެ މަޤާމު ދިފާއު ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށެވެ.