English Edition
Dhivehi Edition

“ފަސްޓް ޑިގްރީ ގްރާންޓް ސްކީމް އިމްޕެކްޓް އެސެސްމެންޓު” ގެނަމުގައި ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށް އެގްރީމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުމާއި ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފުކުރިފަހުން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުމުގެ މަޤުޞަދުގައި ހަދާ ސްޓަޑީއެއް ކަމަށެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމަނުއްވާފައިވާ ކަމެކެވެ.

އެހެންކަމުން ހަޔަރ އެޑިޔުކޭޝަނުން ފެއްޓެވި، “ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން” ސްކީމް، 14 ފެބްރުއަރީ 2019 ވަނަ ދުވަހު އެ މަނިކުފާނު ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.

މި ސްކީމްގެ ދަށުން މިހާތަނަށް 13,911 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.