English Edition
Dhivehi Edition

މާލޭ ސިޓީގައި ހިނގި މާރާމާރީއެއް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ފުލުހަކަށް ހަމަލާދީފިއެވެ.

މި މާރާމާރީ ހިންގާފައިވަނީ ތިން މީހުން ކަމަށާއި, ތިން މީހުންވެސް ތިބީ އެވަގުތު މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިކަމުގައި ބައިވެރިވި މީހުންނަކީ 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މާރާމާރީ ހިންގި މީހުންގެ ތެރެއިންވެސް އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ދެން ތިބި ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންކަމަށެވެ.