ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ ތަމްސީލް ކުރަށްވާ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކުރައްވާ އެހެން ޕާޓީ އަކަށް ވެސް ވަޑައިގަންނަވަން ތައްޔާރަށް ކަމަށް އެމަނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ “ވީޓީވީ” އިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖޭޕީ ހިންގަނީ ގަބޫލުނުކުރެވޭ އުސޫލެއްގެ މަތިން ކަމުގައިވާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސިޔާސީ ޕާޓީއަކުން ފެންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ގައި އިސްކޮށް އުޅުއްވާ އެމަނިކުފާނުގެ ފަހަތްޕުޅުގައި އުޅުއްވައި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެން އެންމެ ބުރަކޮށް މަސައްކަތް ކުރާ މިނިސްޓަރަކަށްވެ ރައްޔިތުންގެ ތާއީދު ހޯއްދަވާފައިވާ ނަހުލާގެ އަޑު މިހާރު ވަނީ މީޑިޔާގައި ކެނޑިފައެވެ.
ޖޭޕީ ހިންގަނީ ގަބޫލުނުކުރެވޭ އުސޫލެއްގެ މަތިން ކަމުގައިވާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސިޔާސީ ޕާޓީއަކުން ފެންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށް މިނިސްޓަރ ނަަހުލާ ވިދާޅުވިއިރު ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ފަހު ޖޭޕީގެ ހަރަކާތްތައް އޮތީ ހުއްޓިފައެވެ.