English Edition
Dhivehi Edition
އައިސިސްއަށް ތާއީދުކޮށް ގްރެފިޓީތަކެއް އެ ސިޓީ، ހިތަދޫ މައިލޯ ޓާފް ކައިރީގައި ހުރި އިމާރާތެއްގައި ކުރަހާފައިވާ ފޮޓޯތަކެއް

ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިސިސް)އަށް ތާއިދުކޮށް އައްޑޫސިޓީގައި އެ ޖަމާއަތް ޕްރޮމޯޓް ކުރާ މައްސަލައެއް ހޫނުވެއްޖެއެވެ.

ހިތަދޫ މައިލޯ ޓާފު ކައިރީގައްޔާއި އައްޑޫ ގައި އަލަށް ހަދަމުން އަންނަ ހޮސްޕިޓަލް (އީސީސީ) ސަރަހައްދުގައި އައިއިސް އަށް ތާއީދު ކުރާކަން އަންގައިދޭ ކުރެހުމާއި ލިޔުންތައް ލިޔެފައިވާތީ ގިނަ ބަޔަކު އަންނަނީ އެކަން ސޯޝަލް މީޑިއާގައި ސަމާލުކަމަށް ގެނެސް އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ އިތުރުން މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް ސަމާލުކަމަށް ގެނައުމާ ގުޅިގެން ފުލުންނާއި ކަމާ ގުޅުން ހުރި ދާއިރާތަކުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލަ މިގޮތަށް ފެންމަތިވުމާ އެކު މައިލޯ ޓާފް ކައިރީގައި ކުރަހާާފައި ހުރި ގްރެފިޓީ ޖެހިގެން އައި ދުވަހު ފޮހެލާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ ފޮޓޯތައް އާންމުވުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ގުރޫޕްތައް ޕްރޮމޯޓްކޮށް، އެ މީހުންގެ ފިކުރު ފެތުރައި، އިސްލާާމް ދީނަށް ފުރައްސާރަކުރަމުންދާ މީހުންގެ މައްސަލަތައް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީގެން ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

އައިސިސް ޖަމާޢަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިރުބަވެރި ވަރުގަދަ ހަމަލާތަކެއް މީގެ ކުރިންވެސް ދީފައިވާ ޖަމާއަތެކެވެ.