English Edition
Dhivehi Edition
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ޕްލާސްޓިކް ބޭނުން ނުކުރާ ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖްލިހުގެ ރައީސް،ރައީސް މުޙައްމަދު ނަޝީދު ކަނޑައަޅުއްވައިފިއެވެ.

މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ،ޕްލާސްޓިކް ބޭނުން ނުކުރާ ތަނެއްގެ ގޮތުގައި މަޖްލިހުގެ ރައީސް،ރައީސް މުޙައްމަދު ނަޝީދު ކަނޑައަޅުއްވައި އެގޮތަށް މަޖިލީހުގެ މަސައްކަތް ބައްޓަންކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ނިންމަވާ ފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ފެއްޓެވި މިމަސައްކަތުގައި ސަރުކާރާއި އަދި އަމިއްލަ ކުންފުނި ތަކާއި ، ސަރުކާރުގެ ބައެއް އޮފީސްތަކުގައި ވެސް ދަނީ ޕްލާސްޓިކް ފެންފުޅިތައް ބޭނުން ނުކުރުމަށް ބާރު އެޅުމުގެ ގޮތުން ޕްރޮގްރާމްތަކެއް ފަށާފައެވެ. އަދި މިހާރު ޕްލާސްޓިކްފުޅި ސްކޫލްތަކުގައިވެސް ބޭނުން ކުރުމަކީ މަނާކަމެކެވެ.