English Edition
Dhivehi Edition

މަރަދޫން ފުރައިގެން ހަތް ފަތުރު ވެރިންނާ 16 ފަޅު ވެރިންނާ އެކު ނިކުތް މަރަދޫ މަސްދޯނި “ފަހި ރޯޅި” އަނބުރާ ފޭދޫ ބަނދަރަށް އާދީއްތަ ދުވަހު ހެނދުނު ވަނުމާ އެކު މީޑިޔާގައި އެކި ގޮތްގޮތަށް ވާހަކަ އެނބުރެން ފެށި އެވެ. އެކި މީޑިޔާތަކުން އެ ޚަބަރު ގެނެސް ދެމުން ދަނިކޮށް އެ ޚަބަރު އެހެން ގޮތަކަށް ބަދަލުވެގެން ދިޔައީ އެ ދުވަހު އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީ ގުޅިގެން ގޯސްޓްގާޑްގައި ބޭއްވި ނޫސް ކޮންފަރެންސްގެ ފަހުންނެވެ.

އެ ނޫސް ކޮންފަރެންސުން ހާމަވެގެން ދިޔައީ “ފަހިރޯޅީ” މަސްދޯނި ދަތުރު ކުރަމުން ދިޔައީ ފޯޅަވައްސަށް ކަމަށެވެ. އަދި އެދޯނި އަތުލައިގެންފައި ވަނީ ގަމުގެ ދެކުނުން 54 މޭލު ބޭރުން ކަމަށް އެމްއެންޑީއެފް އިން ބުނިއެވެ. މިއީ ދިވެހި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުކަމަށްވެސް އެބޭފުޅުން ވިދާޅުވި އެވެ. މިހާ ހިސާބުން ވަރަށް ގިނަ ބަޔަކަށް ސުވާލު އުފެދިގެން ދިޔައީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ މެދުގަ އެވެ.

ނަމަވެސް އިންޓަނެޓްގައި ލިބެން ހުރި މައުލޫމާތަށް ބަލާ އިރު ގަމުން ފެށިގެން ފޯޅަވައްސަށް ހުންނަނީ 460 މޭލެވެ. އަދި އެ މިސްރާބަށް ބަލާލާ އިރު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ގާތް ގަނޑަކަށް 155 މޭލު އެބަ ހުއްޓެވެ. އެހެން ކަމަށްވާ ނަމަ އެ ދޯނި އަނބުރާލި އިރު އެއޮތީ ހަމަ ޔަގީނުން ވެސް ރާއްޖޭގެ ސަރަހައްދުގަ އެވެ. އެމްއެންޑީއެފުން މިގޮތަށް މަޢުލޫމާތު ދެއްވި ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.

* ހަތް ފަތުރުވެރިން ދޯނި ކުއްޔަށް ހިފުން:

ފަތުރުވެރިން އައްޑުއަށް އައުމުގެ ކުރިން އެމީހުން ވަނީ ހުޅުދޫ މަސްދޯއްޏެއް ކަމަށް ވާ “ޖޫލީ” ދޯނި މިދަތުރަށް ހަމަ ޖައްސާފައެވެ. އެމީހުން އޮގަސްޓް 8، 2015 ވީދުވަހު އައްޑު އަށް އައިސް އެންމެ ފުރަތަމަ ދިޔައީ ހުޅުދުއަށް އެދޯނި ބަލާލާށެވެ. އެ މީހުންނަށް އެ ދޯނި ވަރަށް ކަމުދިޔަ އެވެ.

ކުއްޔަކީ ދުވާލަކަށް 30،000 ރުފިޔާއެވެ. އެމީހުން މިދަތުރު ހަމަ ޖެއްސުމުގައި އެންމެ އިސްކޮށް ހުރި ހުޅުދޫ މީހާ [ނަން ހާމަ ކުރަން ބޭނުން ނުވާ މީހެއް] ބުނާ ގޮތުން އެމީހުން ދޯނި ކުއްޔަށް ނެގީ ފަސް ދުވަހަށެވެ. ނަމަވެސް ދޯނީގެ ވެރިފަރާތުގެ ޝަރުތު ތަކެއް އޮތެވެ. އެއީ އެހާދިގު ދަތުރެއްގައި ދާ ކަމަށްވާ ނަމަ ދޯނިން އިންޖިނޭރަކާއި އިނގިރޭސި ދަންނަ މީހަކު ފޮނުވަން ބޭނުންވި އެވެ.

2015-08-10 09.21.45ނަމަވެސް ފަތުރުވެރިން މިކަމަކަށް އެއްބަހެއް ނުވިއެވެ. އެމީހުން ބުނާ ގޮތުން އެމީހުންގެ ތެރޭ އިންޑިޔާ ކަނޑު ދަންނަ މާލިމީއަކު ހުރިމަކަމަށް ވެއެވެ. އެ މީހުން ދޯންޏަށް ތެޔޮ އަޅާދީ އަދި އިތުރު 5،000 ލީޓަރު ޑީސެލް ގެންދަން ބޭނުން ވިއެވެ.

“ޖޫލީ” ދޯނީގެ ތާގީތަކަށް އެޅޭކަމަށް މަޢުލޫމާތު ލިބިފައިވަނީ ގާތްގަނޑަކަށް 4،000 ލީޓަރު ޑީސަލެވެ.

ނަމަވެސް އެމީހުން ބޭނުންވާ ޑިންގީ އަކާއި އޭގެ އިންޖީނެއް ހުޅުދޫއިން ހަމަ ޖެހޭގޮތަށް ނުވިއެވެ. އަދި މީގެ އިތުރަށް އެމީހުން އެފަދަ ދަތުރެއްގައި ޚާއްސަކޮށް މަސް ދޯންޏެއްގައި ދާން އުޅޭތީ ހޯދަން ޖެހޭ ހުއްދައެއް ނެތެވެ. މިހެން ވުމުގެ ސަބަބުން ދޯނީގެ ވެރި ފަރާތުން އެ ގޮތަށް ދޯނި ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. އަދި ހުއްދަ ހޯދުމުން ދޯނި ލިބޭނެ ކަމަށް އެ މީހުންނަށް އެންގުނެވެ.

މިކަންތައް މިގޮތަށް ދިމާވުމުން އެމީހުން ބޭނުންވީ ދޯނީގެ ވެރިފަރާތާ ވާހަކަ ދައްކާށެވެ. އެ މީހުން އެފަރާތަށް ގުޅުމުން އެ މީހުންނަށް ލިބުނީ ޝޮކަކެވެ. އެއީ ރައްޔިތުންގެ މަޖިލީސް މެމްބަރަކަށް ވީތީއެވެ. އެހާ ހިސާބުން އެ ދޯނިން އެމީހުން ދާކަށް ބޭނުމެއް ނުވިއެވެ. ހުންނަން ޖެހޭ ހުއްދަ ވެސް ނެތުމާ އެކު ވެރި ފަރާތުން ދޯނި ދޭކަށް ބޭނުމެ އްވެސް ނޫނެވެ.

އެމީހުން އަވަސް ވެގަތީ ހުޅުދޫން ވެސް އަވަހަށް ދިއުމަށެވެ. އޭރު އެމީހުން ދަތުރު ދިއުމަށް ބޭނުންވާ ހުރިހާ ކާބޯތަކެއްޗަށް ހުޅުދޫ ފިހާރަ ތަކުން ވަނީ ގަނެފައެވެ. އެއީ 200 ޑޮލަރުގެ ކާބޯތަކެއްޗާއި އަދި 700 ރުފިޔާގެ މޭވާއެވެ. މިހުރިހާ އެއްޗެއްވެސް ދޫކޮށް އެމީހުން އަވަހަށް ދާން ބޭނުންވީ ހެރަތެރައަށެވެ. އެހާ ހިސާބުން ހުޅުދޫން އެ މީހުންނަށް ކަންތައް ހަމަޖައްސަމުން ދިޔަ މީހާ އާ ވެސް ގުޅުން ކެނޑުނީ އެވެ.

އޮގަސްޓް 9، 2015 ވީ ދުވަހު އެމީހުން އެނބުރި ހުޅުދު އަށް ގޮސް ދެން ދިޔައީ ލޯންޗެއްގައި ހިތަދުއަށެވެ. އަދި އެ މީހުން ގުޅިފައިވާ ރަށް ތަކަށް ޓެކްސީގައި ދިޔައެވެ. އެމީހުން އެކި ދޯންޏާ ވާހަކަ ދައްކަމުން ގޮސް މަރަދޫ “ފަހި ރޯޅި” ދުވާލަކަށް 8،000 އެމެރިކާ ޑޮލަރު (123،360 ރުފިޔާ) ގެ ރޭޓުން ކުއްޔަށް ހިފި އެވެ. މިއީ “ޖޫލީ” ދޯނި ކުއްޔަށް ހިފަން އުޅުނުވަރަށް ވުރެ ވަރަށް ބޮޑު އަގަކެވެ. އެމީހުން އެ އަގަށް ވެސް އެއްބަސްވެ ފުރުމުގެ ހުރިހާ ކަމެއް ހަމަޖެއްސި އެވެ. އަދި އަވަސް އަވަހަށް ހުޅުދޫގައި އެމީހުން ގަނެފައި ހުރި ކާބޯތަކެތި ގެނަސް ދޯންޏަށް ލިއެވެ.

ހަމަ އެދުވަހު ޑިންގީއެއްވެސް އެމީހުން އިންޖީނާ އެކު ކުއްޔަށް ނަގާ އެދޯންޏަށް އެރުވިއެވެ. އަދި އެމީހުން އިތުރަށް ބޭނުންވާ 5،000 ލީޓަރު ތެޔޮވެސް އެރުވިއެވެ. ދޯނީގެ ތާގީތަކަށްވެސް ގާތް ގަނޑަކަށް 3،200 ލީޓަރު ޑީސަލް އެޅޭނެ ކަމަށް މަރަދޫގެ މަސްވެރިން ބުނައެވެ.

“ފަހި ރޯޅި” ދޯންޏަކީ މަރަދޫ މީހެއްގެ ދޯންޏެއް ކަމުގައި ވީނަމަވެސް އެދޯނި އޮންނަނީ ހިތަދޫ ގައެވެ. އެދޯނީގެ ކެޔޮޅަކީވެސް ހިތަދޫ މީހެކެވެ. ރަށުތެރޭގެ ޚަބަރުތައް ލިބޭ ގޮތުން އެމީހުން އެކި މީސްމީހުންނާއި ބައްދަލު ކުރިއެވެ. އަދި އައްޑޫއާއި ބެހޭ ވަރަށް ގިނަ މައުލޫމާތުވެސް އެއްކުރިއެވެ.

ދަތުރުގެ ހުރިހާ ކަމަށް ހަމަޖެއްސުމަށް ފަހު އެމީހުން އެމީހުންގެ ފޮށިތަކާއިއެކު ދޯންޏަށް އަރާ ދޯނި ހިތަދޫ ބަނދަރުން ނައްޓާލީ އެދުވަހު ހަވީރު 6:05 ގައެވެ. އެމީހުންނާއެކު އެމީހުންނަށް ބޭނުންވާ ކެއުން ތައްޔާރު ކުރާނެ ސްރީލަންކާ މީހަކުވެސް ގެންދިޔައެވެ. އޭނައަކީވެސް އެމީހުންނާއެއްކޮށް އައިސް ހުރި މީހެކެވެ.

* ގޮތް ނޭނގޭ ކަންތައްތަކެއް:

އެ މީހުން އެމްއެންޑީއެފްގެ އަމުރަށް އަނބުރާލާފަ އައުމާ އެކު އަޑުފެތުރިގެން ދިޔައީ އެމީހުން ދިޔައީ ފޮޓޯ ނަގަން ކަމަށެވެ. އެމީހުން ބޭނުންވީ ކޯމަސް ފޮޓޯ ނެގުމަށާއި އަދި ބޮޑު ކަންނެލި ފޮޓޯ ނެގުމަށެވެ. ނަމަވެސް އެމްއެންޑީއެފުން ނޫސްކޮންފަރެންސުގައި ބުނެފައިވަނީ އެމީހުން ދިޔައީ ފޯޅަވައްސަށް ދާށެވެ. އެއީ އެމީހުންނަށް ލިބުނު ސިއްރު މައުލޫމާތެއްގެ އަލީގައެވެ.

މީގެ ކުރިންވެސް އައްޑޫއަށް އަންނަ ވަރަށް ގިނަ ފަތުރު ވެރިން އައްޑޫގެ މަސްދޯނި ތަކުގައި ބޭރު ކަނޑަށް މަހަށް ގޮސް އުޅެއެވެ. ދުވަހަކުވެސް އެފަދަ ކަމެއް ހިނގާފައެއް ނެތެވެ. އައްޑޫގައި ހިންގަމުން އަންނަ ތިން ރިސޯޓުގައި ވެސް ކޯމަސް ބަލާލުމާއި އަދި ބޮޑު ކަންނެލި ބަލާލުމުގެ ދަތުރު (އެކްސްކާޝަން) ވަރަށް ފަސޭހައިން ހަމަ ޖެހެއެވެ. އެހާ އަގު ބޮޑެއްވެސް ނޫނެވެ.

ގިނަވެގެން ދާނީ 500 އެމެރިކާ ޑޮލަރެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިހާ ފަސޭހައިން ހެޔޮ އަގުގައި ދަތުރު ހަމަޖެހެން އޮތް އިރު ބޮޑު އަގުގައި މަސް ދޯންޏެއް ކުއްޔަށް ނަގައިގެން ދިއުމެވެ. އެހެން ކަމަށްވާ ނަމަ އެމީހުން ނަގަން އުޅުނީ ހާދަ އަގު ބޮޑު ފޮޓޯތަކެކެވެ.

ހގޖކހކދެހާސް އެގާރަ ވަނަ އަހަރުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމު ތަކުގެ ބޮޑު ޓީމެއް މޫސުމާއި ބެހޭ ދިރާސާއެއް ކުރުމަށް އައްޑޫގައި ހަރަކާތްތެރިވި އެވެ. އެ މީހުން ވެސް ދޯނި ކުއްޔަށް ނަގައިގެން ބޭރު ކަނޑަށް ގޮސް ދިރާސާ ކުރި އެވެ.

އެ މީހުން ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ރާއްޖޭގެ ހެދިފައިވާ ހުރިހާ ޤާނޫނާއި ގަވާއިދު ތަކާއި އެއްގޮތަށެވެ. ނަމަވެސް މިހާ ޚަރަދު ކޮށްގެނެއް ނޫނެވެ.

“ޖޫލީ” ދޯނި ދުވާލަކަށް 30،000 ރުފިޔާއަށް ހަމަޖެހުނެވެ. ދަތުރު ކުރުމަށް ބޭނުންވަނީ ކަމާއިބެހޭ މުއައްސަސާ ތަކުގެ ހުއްދައެވެ. ނަމަވެސް އަވަސް އަރުވާލައިގެން އެއަށް ވުރެ ބޮޑު އަގުގައި އެހެން ދޯންޏެއް ނަގައި ކަމާއިބެހޭ މުއައްސަސާތަކުގެ ހުއްދަ ނެގުމަށް ނެތި ދަތުރު ފެށިއެވެ. މިހާ އަވަސް އަރުވާލައިގެން ކަންތައްތައް ކުރުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެކަން ޔަގީނެވެ. ނުވަތަ ދިވެހިން އޮޅުވާލައިފައި ކަންތައްތައް ކުރެވިދާނެ ކަމުގެ ވިސްނުން ހުރީ ބާވަ އެވެ؟ ހަގީގަތުގައި ވެސް ދިވެހިން އޮޅުވާލެވިއްޖެ އެވެ.

ދެން އުފެދޭ ސުވާލަކީ ފޮޓޯ ނަގަން ބޭނުންވާ ބަޔަކު އެހާ ގިނަ ޑީސަލާއި ޑިންގީ އެއް ގެންދިޔައީ ކީއްކުރަންކަމެވެ. “ފަހި ރޯޅީ” ގެ ފަޅުވެރިންނާއި ހަވާލާދީ އަޑުތައް އިވޭގޮތުން އެމީހުން ބޭނުންވީ ގާތްގަނޑަކަށް 4 ވަރަކަށް ދުވަހު ކަނޑުމަތީގައި އެޅޭށެވެ. ޑިންގީގެ ބޭނުމަކީ ބޮޑު ދޯންޏެއް ކައިރި ވުމުން ކޯމަސްތައް އަޑިއަށް ހިގައި ދާނެތީއެވެ.

އީކުއޭޓަ ވިލެޖްގައި މިހާރުވެސް ޗުއްޓީ ހޭދަ ކުރަމުންދާ ފަތުރުވެރިން ބުނާ ގޮތުގައި އައްޑޫ އިން ވަރަށް ގިނައިން ކޯމަސް ފެނެ އެވެ. އެ މަސް ބަލާލާކަށް އެހާ ބޭރަކަށްވެސް ދާކަށް ނުޖެހެވެ. އައްޑޫގެ ސަރަހައްދަކީ ވަރަށް ގިނައިން ކޯމަސް ފެންނަ ސަރަހައްދެއް ކަމަށް އެ މީހުން ބުނެއެވެ. އަދި ފަތިސް ވަގުތު “މޯނިން ފިޝިން” އަށް ގޮސް ވަރަށް ގިނައިން އެމީހުން ބޮޑު ކަންނެލި، ކުރުމަސް އަދި ބަރަކޫޑާ ބާނަ އެވެ.

ފަތުރު ވެރިން ގޮވާއިގެން ވަރަށް ގިނައިން މިފަދަ މަސްދަތުރު ދާ ދޯންޏެއްގެ ކެޕްޓަނަކު ބުނާގޮތުން އެންމެ ގިނައިން ބޮޑު ކަންނެލި ފެންނަނީ ހިތަދޫގެ ހުޅަނގު ދެކުނު ކޮޅުންނެވެ. ނަމަވެސް “ފަހި ރޯޅި” ދޯނިން ދިޔަ ފަތުރުވެރިން ދަތުރުގެ މިސްރާބު ބަހައްޓަން ބޭނުންވީ މުޅިން އެހެން ދިމާލަކަށެވެ.

* ދަތުރުގެ ބޭނުން:

އެ މީހުން ދަތުރު ކުރީ ފޮޓޯ ނެގުމަށެވެ. މިއީ އެމީހުން ބުނާ ގޮތެވެ. އަދި ދޯނީގެ ފަޅުވެރިން ވެސް ގަބޫލު ކުރާގޮތެވެ. ޔަގީންވާ ކަމަކީ މި ދަނޑިވަޅުގައި އެ ފަތުރުވެރިން ވެސް އަދި ދޯނީގެ ފަޅުވެރިން ވެސް އެމީހުންނަށް އެނގިފައިވާ އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކާނެ އެވެ. އެއީ އެމީހުންގެ ސަލާމަތަށްޓަކަ އެވެ.
އެމްއިންޑީއެފް އިން ބުނެފައި ވަނީ އެމީހުންގެ ދަތުރު ކުރީ ފޯޅަވައްސަށް ދާށެވެ.

ފޯޅަވައްސައް ހުއްދަ ނެތި އެހާ ފަސޭހައިން ނުދެވޭނެއެވެ. އެއީ އެމެރިކާގެ ބާރުގެ ދަށުގައިވާ “މިލިޓަރީ ބޭސް” އެކެވެ. އެތަނާ ކާރިވެސް ނުވެވޭނެއެވެ. ނަމަވެސް ފޯޅަވައްސާއި ވަރަށް ކާރީގައި އެހެނިހެން ޖަޒީރާ ރަށްތައް އެބަހުއްޓެވެ. އޭގެ ތެރޭ އީސްޓް އައިލެންޑް އަދި މިޑްލް އައިލެންޑް އޮންނަނީ ފޯޅަވައްސާ ވަރަށް ކައިރީގައެވެ. އޭގެއިން ރަށަކަށް ފައިބާފަ ޑިންގީ އަކުންވެސް ފޯޅަވައްސަށް ދެވިދާނެއެވެ.

ޔުކހކޖއައްޑޫ ސިޓީ ޑެޕިއުޓީ މޭޔާ އަބްދުﷲ ތޮއްޔިބު (ޓޮމް) އެެހެން މީޑިއާއަކަށް ދެއްްވި ބަސްދީގަތުމެއްގައި ވިދާޅު ވަނީ އެދޯނިން ފަތުރުވެރިން ދިޔައީ އައްޑޫ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބަލަން ކަމަށާއި ފޯޅަވައްސަށް ނޫން ކަމަށެވެ.

ސުވާލަކީ އެމީހުން ފުރުމުގެ ކުރިން ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރީބާވަ އެވެ؟ ނުވަތަ އޭގެ ފަހުން ބައްދަލުވުން ގެންދެވުނީ ބާވައެވެ. ޔަގީންވާ ކަމަކީ ޑިޕިއުޓީ މޭޔަރަށް މިހާ ޔަގީން ކަމާއި އެކު މިގޮތަށް ވިދާޅުވާނީ އެބޭފުޅާއަށް ކަންތައްތަކެއް އެގިފައި އޮތުމުންކަމަށް ލަފާވެއެވެ.

އެ މީހުން ބުނަނީ ދަތުރުގެ ބޭނުމަކީ ފޮޓޯ ނެގުމެވެ. އެމްއެންޑީއެފުން ބުނަނީ ފޯޅަވައްސަށް ދިއުމެވެ. ދެން އޮންނާނީ ކޮން ބޭނުމެއްތޯ އެވެ؟

ފަހަރެއްގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުން ދަތުރު ކުރަމުން އަންނަ އުޅެދެއްގައި ހުރި އެއްޗެހި ތަކެއް ނެގުމެވެ. ނުވަތަ އެއަށް އަރައިގެން އެހެހިސާބުން ދަތުރު ނިއްމާލުމެވެ. ނުވަތަ އެ މީހުން އެހެން ތަނެއްކާ ރައްކާކޮށްފައި ހުރި އެއްޗެއް ނެގުމެވެ. ހަގީގަތެއް ނޭނގެ އެވެ.

* މިއީ އަދި ނިމުމެއް ނޫން:

މި ހަތް ފަތުރުވެރިންގެ އެންމެ އިސްކޮށް ހުރީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖިއޯޖިއޯ ރޮސީ އެވެ. އޭނާއަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސާ އޮތް މީހެއް ކަމަށް ހުޅުދޫން އެ މީހުންނަށް އެހީތެރިވި މިހާ މައުލޫމާތު ދެއެވެ. އޭނާ ބުނާ ގޮތުން ރޮސީގެ އަތުގައި އޮތް ވިސާ ވެސް އޭނާ ދެކުނެވެ. އެހެން ކަމަށްވާ ނަމަ އޭނާ އަށް އިތުރު ހުއްދައެއް ކޮންމެހެން ހޯދާކަށް ފަހަރުގަ ނުޖެހިދާނެ އެވެ. ނަމަވެސް ދެން ތިބި މީހުން ތިބީ ޓުއަރިސްޓު ވިސާގަ އެވެ. އެމީހުން ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނެ އެވެ.

ހެޔޮ ނިޔަތެއްގައި ބަޔަކު ކަންތަކެއް ކުރަން އުޅޭނަމަ އެކަމެއް ކުރާނީ އޮންނަ ގާވާއިދާއި އުސޫލު ތަކުގެ ތެރެއިންނެވެ. އަޅުގަނޑުމެންނަށް އަބަދުވެސް މި އަޑު އިވެނީ ދޮންމީހުން ކަންތައް ބަރާބަރަށް ގަވާއިދުން ކުރާ ވާހަކައެވެ. އަދި އެ މީހުންނަކީ ތަންދޮރު ދަންނަ ތަރައްގީވެފައިވާ ބައެކެވެ. އެހެން ކަމަށްވާ ނަމަ މި ފަހަރު އެމީހުން ކަންތައް އެ ކުރީކީ އެބީދައަކުން ނޫނެވެ. އުސޫލުތަކާއި ގަވާއިދުތަކާ ވެސް ފުށުއަރާ ގޮތަށެވެ. މީހުންނަށް ޝައްކުގެ ނަޒަރުން ބަލާލެވޭ ގޮތަށެވެ.

Screenshot 2015-08-12 13.58.19ބީބީސީ އިން މިކަމާ ގުޅިގެން ގެނެސް ދީފައިވާ ޚަބަރުގައި ބުނެފައި ވަނީ އެމެރިކާ ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހު ފޯޅަވައްސަށް ހަމަލާދިނުމަށް ބަޔަކު ރާވަމުން ދާކަމަށް ޝައްކުވެގެނެ ސީއައިއޭ އިން އެކަން ތަހުގީގު ކުރި ކަމަށެވެ. އެމީހުން އެ ޚަބަރު ގެނެސް ދީފައި ވަނީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގެ އިސް އޮފިޝަލަކާ ހަވާލާ ދީފަ އެވެ.

ހަގީގަތުގައި ކަމެއްގެ ތެރޭ ފޯޅަވަހި ހިމެނިގެން ދިއުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ސީރިއަސް ކަމެކެވެ. އެކަން ބަލަން ޖެހެ އެވެ. އެކަމުގައި އެއްވެސް ނުބައެއް ނެތްކަން ޔަގީންވާ ހިސާބަށް ބެލުމަކީ ކުރަން ޖެހޭ ކަމެކެވެ.

އެ ފަތުރުވެރިން މިހާރު ވަނީ އިއްޔެގެ އިރުއޮއްސުނު ގަޑީގަ އޮތް މޯލްޑިވިއަން ފުލައިޓުން މާލެ ގޮސްފަ އެވެ. މިކަމައި ގުޅިގެން އެމްއެންޑީއެފުން ބޭއްވި ޕްރެސް ކޮންފަރެންސުގެ އިތުރުން އެއްވެސް މައުލޫމާތެއް ކަމާ ބެހޭ މުއައްސަސާ އަކުން އިތުރަކަށް ހާމައެއް ނުކުރައްވަ އެވެ.