English Edition
Dhivehi Edition
ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީގެ،މުލިއާގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙުގެ ދެކަނބަލުން ބާއްވާ ޢީދު ސަލާމް ކުރުން މިއަހަރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލިއާގޭގައި ކުރިއަށް ގެންދިއުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވެބްސައިޓުގައި ވާގޮތުން ޢީދު ސަލާމްކުރުން ކުރިއަށް ދާނީ އީދު ދުވަހުގެ ހެނދުނު 9:30 ހުން 10:30 ހަށް މުލިއާގޭގައެވެ.

އީދު ސަލާމްކުރުމުގެ ފުރުސަތު އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސްވަނީ އާންމުކޮށް އެންމެހާ ރައްޔިތުންނަށް ހާޒިރުވެވޭނެ ގޮތަށް ހުޅުވާ ލެވިފައެވެ.

ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ. އަދި ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ ޢަދަދެއްގެ ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެންދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، މުލީއާގޭ ހުޅަނގަށް އޮންނަ ދަރުމަވަންތަ މަގާއި، ޝަހީދު ޙުސައިން މުޙައްމަދު ހިނގުމުންނެވެ.