ފައިނަލުގެ ފަހު ޖާގަ ފްރެންޑްސް ކުލަބު ހޯދައިފި
5 މަސް ކުރިން
ޙަސަން ޙުސެއިން

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ އެފްސީ ފްރެންޑްސް ކުލަބު ހޯދައިފިއެވެ. އެޓީމުން ފައިނަލުގެ ފަހު ޖާހަގަ ކަށަވަރުކުރީ ސެމީގެ ދެވަނަ މެޗުގައި 6-1 ލަނޑުން ޔަންގްވަންސް ބަލިކޮށް ގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކުލަބުގެ ޖާޒީ ނަމްބަރ 12 އިބްރާހީމް ފުރުގާނެވެ. އޭނާ ވަނީ މިމެޗުގައި 2 ލަނޑު ޖަހައިފައެވެ. ފްރެންޑްސް ކުލަބުގެ ބާކީ ލަނޑުތައް ޖަހައިފައިވަނީ މުޙައްމަދު ރިފްއަތާއި، ޙުސައިން ޝަރީފާއި، މުޙައްމަދު ޢިމްރާނާއި، އަޔާޒު އަޙުމަދެވެ. ޔަންގްވަންސްގެ ލަނޑު ޖަހައިދީފައިވަނީ އެ ޓީމުގެ ޢަލީ ހައިސަމް އެވެ.

Advt

Advertisement

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖޫން ތިންވަނަ ދުވަހުގެރޭގައެވެ. ފައިނަލް މެޗުގެ ރަސްމިއްޔާތު ފެށޭނީ އެރޭ 9:30 ގައެވެ. މި މެޗުވެސް ކުޅޭނީ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމުގައެވެ.