English Edition
Dhivehi Edition

އައްޑޫސިޓީގައި ކުޅޭ މެރިން ޕަވަރ ގޯދިއްޔަ ފުޓްސެލް ކަޕް 2023 ފަށައިފިއެވެ.

ރޯދަމަހާއި ދިމާކޮށް އައްޑޫގައި ކުޅެމުން އަންނަ ފޯރިގަދަ މި މުބާރާތް ފެށީ ބުދަ ދުވަހުގެ ރެއެވެ. އޭޕްރީލް 5 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ މަރަދޫ ޔުނައިޓޭޑާއި ޒެފިއަރ އެވެ. މި މެޗް 3-5 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މަރަދޫ ޔުނައިޓެޑެވެ.

މަރަދޫފޭދޫ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ރޭވެސް ވަނީ 2 މެޗް ކުޅެފައެވެ. ރޭކުޅުނު ފުރަތަމަ މެޗްގައި ވާދަ ކުރީ މައިލޯސިޓީ އާއި ޒެލޯން އެވެ. މިމެޗް 4 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ މައިލޯސިޓީއެވެ. ރޭ ކުޅުނު ދެވަނަ މެޗްގައި އެފްސީ ސްޕްރިންޓްއާއި ފްރެންޑްސް ކްލަބް ބައްދަލުކުރި މެޗް ނިމިގެން ދިޔައީ 1-1 ން ދެޓީމް އެއްވަރު ވެގެންނެވެ.

ނޮކްއައުޓް ސިސްޓަމަށް ކުޅޭ މިމުބާރާތުގައި މިރޭވެސް 2 މެޗް ކުޅޭނެއެވެ.

މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެފްސީ އަފިރިން އާއި ފޯލޭންޑެވެ. މިރޭކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ އެސްއެމްޓީ އާއި ޗެލެންޖާސް އެވެ.

މިމުބާރާތުގައި އައްޑޫސިޓީގެ އެކި އަވަށްތަކުން ޖުމްލަ 13 ޓީމު ވާދަކުރެއެވެ.