English Edition
Dhivehi Edition

މި އަހަރުގެ މިހާ ހިސާބަށް އައި އިރު ދުނިޔޭގެ އެއް އަހަރުގެ ގުދުރަތީ އުފެއްދުން އިންސާނުން ވަނީ ހުސްކޮށްލައިފަ އެވެ. މި އެނަލިސިސް ހަދާފައި ވަނީ އިންސާނުން ބޭނުން ކުރަމުން ދާ ނިސްބަތާއި އަދި ގުތުރަތީ ވަސީލަތް ތައް އުފެދިގެން އަންނަ ނިސްބަތަށް ބަލާފައެވެ. ދުނިޔޭގެ ގުދުރަތީ އުފެއްދުން ތެރިކަން އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ވަރަށް ބޮޑަށް ދައްވަމުންނެވެ. ނަމަވެސް ބޭނުނުން ކުރެވޭ ނިސްބަތް އޮތީ އަތްނުފޯރާ ވަރަށް ވުރެ މަތީގަ އެވެ.

އިންސާނުން ވަނީ މި އަހަރުގެ ދުނިޔޭގެ “އާތު އޯވަޝޫޓް ޑޭއި” މި މަހުގެ 13 ވަނަ ދުވަހަށް ހަމަ ކޮށްފައެވެ. “އާތު އޯވަޝޫޓް” އަކީ ދުނިޔޭގެ ގުދުރަތީ އުފެއްދުމާއި ވަސީލަތް އެއް އަހަރު ތެރޭ މި ބިމުން އުފެއްދޭނެ މިންވަރެވެ. އޭގެ ތެރޭ މޭވާ އާއި ތަރުކާރީ، އެއްގަމު މަސް، ކަނޑު ގައި އެކުލެވޭ އެކި ވައްތަރުގެ މަސް، ލަކުޑި، ހެދުން އުފެއްދުމުގެ ބާވަތް، ކާބަންޑައި އޮކްސައިޑް ދަށް ކުރެވޭ މިންވަރު ހިމެނެއެ ވެ.

މި ހުރިހާ ގުދުރަތީ އުފެއްދުމާއި ވަސީލަތް މިއަހަރު މިވަނީ އުފެއްދުން ތެރިކަމަށް ވުރެން އިތުރުވެފައެވެ. އެހެން ކަމަށްވާނަމަ މިއަހަރު ނިމޭއިރު 1.6 ޕްލެނެޓްގެ މިންވަރު އިންސާނުންނަށް ބޭނުން ކުރެވިގެން ދާނެ އެވެ. ދުނިޔެ އިން އުފެއްދޭނެ ގުދުރަތީ ހުރިހާ އުފެއްދުމަކާއި އަދި ވަސީލަތް އޭގެ މިންގަނޑުގައި 1970 އާއި ހަމައަށް ހިފެހެއްޓިފައި އޮތެވެ. ނަމަވެސް އޭގެ ފަހުން މިމިންގަނޑު އަންނަނީ އިތުރުވަމުންވެނެވެ. އެންމެ ބޮޑަށް އިތުރު ވެފައިވަނީ މި އަހަރު އެވެ.

hiiiiiދުނިޔޭގެ އޯވާޝޫޓް ޑޭއި އަބަދުވެސް ބަލަމުން އަންނަނީ “ގްލޯބަލް ފުޓްޕްރިންޓް ނެޓްވޯކް” އިންނެވެ. އެމީހުންގެ ދިރާސާތަކުން ދައްކާ ގޮތުން އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދުނިޔޭގެ ހޫނުމިން %2 އަށް ވުރެ މައްޗަށް ޖެހިލައިފި ކަމަށްވާނަމަ 2070 ގައި ދުނިޔޭގެ ފޮސިލް ފިއުލް ހުސްވާނެ އެވެ.

މި ނުރައްކާ ތެރި ކަމުން ސަލާމަތްވާން ބޭނުންވާނަމަ ދުނިޔެއަށް ދޫކޮށްލެވޭ ކާބަން ޑައިއޮކްސައިޑްގެ މިންވަރު 2030 ގެ ކުރިން %30 ދަށް ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ ދުނިޔޭގައި ހައިހޫނުކަން ކުރިމަތި ވެދާނެ ކަމަށް އެމީހުން ބުނެ އެވެ.

ތަރައްގީ ވަމުން މިއަންނަ ދުނިޔޭގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން މިހާރު ވަނީ ވަރަށް އިސްކަމެއް ދެވިފައިކަމަށް “ގްލޯބަލް ފުޓްޕްރިންޓް ނެޓްވޯކް” ގެ ރައީސް މެތިސް ވެކާނަގެލް ބުނެ އެވެ. އަދި ދުނިޔޭގެ އިގްތިސާދު ދަށް ކާބަން އިކޮނޮމީއަކަށް ބަދަލު ވާންޖެހެއެވެ. ދުނިޔޭގެ ހުރިހާ ގައުމު ތަކުން މިކަމަށް ވަރަށް ސަމާލުކަން އެބަ ދޭން ޖެހެ އެވެ.

ނަމަވެސް މިކަމާ އަޅާނުލެވި މިހާރު މިދާގޮތަށް ދުނިޔޭގެ ވިޔަފާރި ދާކަމަށް ވާނަމަ 2030 ގައި އޯވާޝޫޓް ޑޭއި އެއަހަރުގެ ޖޫންމަހުގެ 28 އަށް ހަމަ ވާނެ އެވެ. އޭގެ މާނައަކީ މިހާރު ދުނިޔޭގެ ގުދުރަތީ ވަސީލަތުން އުފެއްދަން ޖެހޭ މިންވަރު ދެގުނަ އިތުރު ވީއެވެ. އިންސާނިއްޔަތަށް ބޮޑު ނުރައްކަލެއް ކުރިމަތި ނުވި ކަމުގައި ވިޔަސް މިކަންކަމަށް މިހާރުން ފެށިގެން މަސައްކަތް ކުރަން ފަރުދީ ގޮތުން ވެސް އެބަ ޖެހެ އެވެ.

ޔަގީންވާ ކަމަކީ ދުނިޔޭގެ ގުތުރަތީ ވަސީލަތް ގުޅި ލާމެހިފައިވަނީ މޫސުމާއި ކަމެވެ. އިގްސާދީ ޕްރޮގްރާމުގެ ހިންގާ އިރު މިފަދަ ކަންކަމަށް ވިސްނާ ދުނިޔޭގެ ޖައްވަށް ބޭރުވާ ގްރީންހައުސް ގޭސް މަދުކުރުމަށް ކަންތައްތައް ރާވަން ޖެހެ އެވެ. ހުރިހާ އެންމެނަށް ވެސް ދުނިޔޭގައި ދާއިމަށް ހެޔޮ ގޮތުގައި އުޅެވޭނީ މިކަންތައްތަކަށް އަހައްމިއްޔަތުކަން ދީގެންކަން ކަށަވަރެވެ.

shutterstock_104308886ރާއްޖޭގެ އިގްތިސާދީ ދުވެލި ވެސް މިހާރު މިދަނީ ކުރިއަރަމުންނެވެ. ނަމަވެސް ގުތުރަތީ ވަސީލަތް ބަޖެޓްކޮށްގެން އިގްތިސާދީ ދުވެލި ފަހި ކުރުމަކީ ދަރިންގެ ދަރިންނަށްޓަކައި ކުރަން ޖެހޭ ކަމެކެވެ.

ރާއްޖޭގައި އުފައްދާ ހަކަތައިގެ %99 އަކީ އަދި މުޅިންވެސް ތިމާވެއްޓަށް ގެއްލުންދޭ ވަސީލަތްތަކެވެ. އިޔާދަ ކުރެވޭ ހަކަތަ ހޯދުމަށް އެބަ މަސައްކަތް ކުރަން ޖެހެ އެވެ. އެންމެން ވެސް މި ދައްކަނީ ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހަދާ ވާހަކަ އެވެ.

ނަމަވެސް އަދި މިކަމަށް އެހާ އެކަށޭނެ ކުރިއެރުމެއް ލިބިފައި ނުވާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ގެނެވޭ ޖަނެރޭޓަރު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެތެރެ ކުރެވޭ ކާރާއި ސައިކަލްގެ ނިސްބަތް ވަރަށް ބޮޑެވެ. ކަނޑުގަ ދުއްވާ އުޅަނދު ފަހަރު ދަނީ ގިނަ ވަމުންނެވެ. މިކަމަށް ހައްލު ހޯދަން އުނދަގޫ ކަމުގައި ވިޔަސް މިކަމަށް އެކަށޭނެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހެއެވެ.

“އާތު އޯވާޝޫޓު ޑޭއި” އަހަރުން އަހަރަށް ކުރިއަށް ޖެހޭ ނަމަ ރާއްޖެއަށް އެހެން ގައުމު ތަކުން ކާބޯ ތަކެތި ހޯދުމަށް ދަތި ތަކާއި ކުރިމަތި ވާނެ އެވެ. ތިމާވެއްޓަށް ގެއްލުން ނުވާ އިގްތިސާދަކަށް ހަމަ އެކަނި ރާއްޖެއިން ވިސްނައިގެންވެސް މައްސަލައެއް ހައްލެއް ނުލިބޭނެ އެވެ.

މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން މިކަމަށް ފިޔަވަޅު އަޅަން ޖެހެ އެވެ.