English Edition
Dhivehi Edition

އަންނަ ފިތުރު އީދު ދުވަހުން ފެށިގެން ދެ ދުވަހަށް ވަކި ވަގުތެއްގައި މާލެ ސިޓީގައި ވަކި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައި ވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އަންނަ އަންގާރަ އަދި ބުދަ ދެދުވަސް ހިނގާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ފިިިތުރުއީދާއި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައި ވަނީ، ބުދަ އަދި އަންގާރަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އެ ދެ ދުވަހުގެ އިރުއޮއްސި 6:00 އާ ހަަމަޔަށެވެ. މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ ނިންމުން ނިންމީ މޭލޭ ސިޓީއަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން ދިިރިއުޅޭ ސީޓީއަކަށް ވެފައި މާލޭގެ މަގުތަކަކީ އެހާ ކާރޫބާރޫ ބޮޑު މަގުތަކަަކަށް ވެސް ވުމާ އެކު ފިތުރު އީދު ދުވަހު ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާއި ޒުވާނުން އުޅޭ އިރު ލިބިދާނެ ގެއްލުމަކުން ރާއްކާތެރިވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ސިޓީގެ ހަލަބޮލިކަން މައިތިރި ވާނީ ފައިމަގުގައި އުޅޭ ވަގުތުކޮޅެއް ހޯދިން ކަމަށާ، ވެހިކަލު ތަކުގެ ދުމުން އެކަހެރިވެލައި ބަރުގޮނުތަކުގެ އަޑުން މާހައުލު ހަމަހިމޭން ވުމަށް އެންމެން ވެސް ބޭނުންވާކަމަށެވެ.