English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ފްރޯޒެން ކްސްޓަރޑް ޕުޑިންގ ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

1/2 ޖޯޑް ޗޮކްލެޓް ޕައުޑަރ

1 ޖޯޑު ހަކުރު

1ޖޯޑު ފެން

2 ޖޯޑް ފުލްކްރީމް މިލްކް

1 ޖޯޑް ގެރިކިރު

3 ބިހުގެ ގޮބޮޅި

3 ބިހުގެ ހުދުބައި

1 ޖޯޑް ކްރީމް

ތައްޔާރުކުރާނެގޮޮތް:

ތެއްޔެއްގައި ކޮކްލެޓް ޕައުޑަރ، ހަކުރު އަދި ފެން އަޅައިގެން އޮލަވަންދެން މަދުގިނީގައި ކައްކާށެވެ. ދެން ޓްރޭއެއްގައި މާޖިރިން ކޮޅެއްހާކާލުމަށްފަހު އޮލަކުރި ޗޮކްލެޓް އަޅާށެވެ. ދެން އޭގެފަހުން ފުލްކްރީމް، ގެރިކިރު އަދި ބިހުގެ ގޮބޮޅި އަޅައިގެން މަޑުގިނީގައި އޮލަވަންދެން ކައްކާފައި ބޯތައްޓަކަށް އަޅާފައި ހިހޫވަންދެން ބަހައްޓާށެވެ. ހިހޫވުމުން ކްރީމްކޮޅު އާޅާލާފައި ޗޮކްލެޓާ މިކްސްކުރާށެވެ. ދެން ބިހުގެ ހުދުބައި ރަނގަޅަށް ފޮނުގަނޑެއްހެން ވަންދެން ގިރާލާށެވެ. އެއަށްފަހު މިބައިވެސް ޗޮކްލެޓްގެ މައްޗަށް އަޅާލާފައިރަނގަޅަށް އެއްކޮށްލާށެވެ. ދެން މިތައްޔާރު ކުރިޓްރޭ ޑީފްރިޖްގައި 4 ގަޑި އިރުވަންދެން ބެހެއްޓުމަށްފަހު ސާވްކުރާށެވެ. ގާނިޝްކޮށްލުމަށް ޗޮކްލެޓް ޗިޕްސްނުވަތަ ކެޝޫނަޓް މައްޗަށް އަޅާލެވިދާނެއެވެ.