English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕުގެ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސް ޔަންގް ވަންސާއި ފްރެންޑްސް ކުލަމެވެ.

މި މެޗާބެހޭ ގޮތުން ޔަންގްވަންސްގެ މެނޭޖަރ ޙަސަން ނަދީމް ބުނީ މެޗަށް ނުކުންނާނީ ފުރިހަމަ އިތުބާރާއެކު ފައިނަލުން ޖާގައެއް ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ފްރެންޑްސް ކުލަބަކީ މުބާރާތުގައި ވާދަކުރާ އެންމެ މޮޅެތި ޓީމު ތަކުގެ ތެރެއިން ޓީމަކަށްވާތީ އެޓީމާމެދު ވަރަށްބޮޑަށް ފާރަވެރިވާންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

“އަޅުގަނޑުމެން ނުކުންނަން މިޖެހެނީ ތަރިންގެ ޓީމަކާ ދެކޮޅަށް. އެހެންވީމާ އެވަރުގެ ޓީމަކާ ކުރިމަތިލާއިރު ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ވެފައި. އެޓީމަށް އެންމެ ތަންފުކެއްވެސް ދޫދިނުމެއްނެތް،” ނަދީމު ބުންޏެވެ.

އޭނާ ބުނީ މިރޭގެ މިމެޗަށް ޓީމުވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ.

ޔަންގް ވަންސް ސެމީއަށް ދިޔައީ 2-0 ލަނޑުން މާކަރީ ޔުނައިޓެޑް ބަލިކޮށްގެނެވެ.