English Edition
Dhivehi Edition
ޖޭއެސްސީގެ މެމްބަރުކަމުގެ ލިއުން އިބްރާހިމްމުޙައްމަދު ޞާލިޙް ، ރައީސް ނަޝީދަށް ރޭ އަރުވަނީ

ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އިންތިޚާބު ކުރުމާ އެކު، އެ މަގާމުގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެމަނިކުފާނު އައްޔަނު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 10/2008 ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޢައްޔަނުކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް މުޙައްމަދު ނަޝީދު ޢައްޔަން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ރައީސް މުޙައްމަދު ނަޝީދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝިދާ ވަނީ ޙަވާލުކުރައްވައިފައެވެ.

ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނަޝީދަށް އެރުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް 67 ވޯޓާ އެކު ނަޝީދު އައްޔަން އިންތިޚާބު ކުރުމަށް ފަހު، ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގަ އެވެ.

މަޖިލިހުގެ އާ ރައީސް ނަޝީދު ވަނީ މަޖިލިހުގެ މެންބަރުންގެ މަޝްވަރާ އާއި އެހީތެރިކަމާ އެކު، ވީހާ ވެސް އިންސާފުވެރިކޮށް، މަޖިލިހުގެ މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެ ކަމަށް ވެސް މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ، މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީއެންމެފުރިހަމައަކަށް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެލައްވާފައެވެ.

ރޭ ބޭއްވި އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލިހުގެ އާ ރައީސް ނަޝީދު ވިދާޅުވީ، މިއަދު ބާއްވާ ޖަލްސާގައި ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ބޭފުޅަކު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.