English Edition
Dhivehi Edition

19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން މިރޭ ހުވާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ 9:30 ގައި ފަށާފައިވާއިރު އެ ރަސްމިއްޔާތުގައި އާ މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި 87 މެންބަރުން ތިބިއިރު، މިރޭ ހުވާ ކުރެއްވީ 86 މެންބަރުންނެވެ. ފުރަތަމަ ޖަލްސާއަށް ގުރައިދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގަތް މެންބަރު އިބްރާހިމް ރިޒާއަށް ހާޒިރެއް ނުވެ އެވެ. މަޖިލީހުގެ އަމީންއާމް ވިދާޅުވީ އެ މެންބަރު އުމްރާއަށް ގޮސްފައިވާތީ އެނބުރި ވަޑައިގަތުމުން ހުވާ ކުރައްވާނެ ކަމަށެވެ.

މި ޖަލްސާ އަށް ފަހު މިރޭ ދެން އޮންނާނީ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު އައްޔަން ކުރުމުގެ ޖަލްސާއެވެ. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައި ވަނީ އާންމު އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލިހުގެ މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

މިއީ މިހާތަނަށް މަޖިލީހުގައި އެންމެ މެންބަރުން ގިނަ ފަހަރުއެވެ. ޖުމްލަ 64 ގޮނޑި ކާމިޔާބުކޯށްގެން އެމްޑީޕީން އިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިތީ ހޯދާފައެވެ.