އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ރައީސް ނަޝީދު ގުޅުއްވި ގާތް ރަހްމަތްތެރިއަކީ ރައީސް ޞާލިހު ކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވޭއިރު އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން އެކަމަށް ސީދާ ޖަވާބެއް ރައީސް ނަޝީދު ނުދެއްވިއެވެ.
ރައީސް ނަޝީދު ފޯނުކުރެއްވީ ކޮންބޭފުޅަކަށްތޯ ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ” ނޫން ދެން އެއީ އަޅުގަނޑުގެ ފޯނެއް އެނގޭތޯ އަމިއްލަ.” މަޖަލަކަށް ހައްދަވާ ނަޝީދު މިގޮތަށް ޖަވާބު ދެއްވާފައިވާއިރު އެފޯނު ކޯލު ރައީސް ނަޝީދު ކުރެއްވިތޯ ވެސް އެއް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީން ބޭނުންވާ ބޭފުޅަކު ހޮވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ އެތެރޭގެ ތެރޭގައި އޮތް ނުތަނަވަސްކަން ނައްތާލެއްވުމަށް އޮތް ހައްލަކީ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އައުންކަމަށް މެމްބަރުން ވިދާޅުވުން އެކަމުން ތަނާޒިލްވެ ވަޑައިގަތުމަށްފަހު “ވަރަށް ގާތް ރަހުމަތްތެރިއަކަށް ފޯނުކޯލެއް ކުރާނަން” ކަމަށް ވިދާޅުވެ ބައްދަލުވުމުގެ މާލަމާ ދުރަށް ރައީސް ނަޝީދު ޖެހިވަޑައިގަތެވެ. ރައީސް ނަޝީދު މިއިޝާރާތް ކުރެއްވި ގާތް ރަހުމަތްތެރިއަކީ ކޮން ބޭފުޅެއްތޯ ބެލުމަށް ގިނަ ބަޔަކު ބޭނުންވި ނަމަވެސް އެއީ ކޮންބޭފުޅެއްކަމަށް ނަޝީދު ވިދާޅެއްނުވިއެވެ..
އެވަގުތު ރައީސް ނަޝީދު ގުޅުއްވި ގާތް ރަހްމަތްތެރިއަކީ ރައީސް ޞާލިހު ކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވޭއިރު އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން އެކަމަށް ސީދާ ޖަވާބެއް ރައީސް ނަޝީދު ނުދެއްވިއެވެ. ރައީސް ނަޝީދު ފޯނުކުރެއްވި ގާތް ރަހުމަތްތެެރިއަކީ ކޮންބޭފުޅެއްކަމެއް ރައީސް ނަޝީދު ވިދާޅެއް ނުވި ނަމަވެސް އަބަދުވެސް އެއީ ގާތް ދެ ރަހްމަތްތެރިން ކަމާއި އެގުޅުން އަބަދަވެސް އެގޮތުގައި އޮންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވަނީ ރައީސް ޞާލިހާ މެދުއެވެ.
މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު އެމްޑީޕީގެ ތެރޭގައި ހިނގާދިޔަ ބަހުސްތަކާއި ދެ ބޭފުޅުންގެ ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ކަންތައްތަކަށްފަހު ދެ ބޭފުޅުންގެ ގުޅުން އޮތީ ކިހިނެއްތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުމަށް ކުޑަކޮށްވެސް ބުރުލެއް ނާރާނެ ކަމުގައެވެ.