ދުނިޔޭގެ އެންމެ ނިޔަފަތްތައް ދިގު އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޝްރިންދާލް ޗިއްލާލު އޭނާގެ ދިގު ނިޔަފަތިތައް ކަނޑާލުމަށް ފަހު މިއުޒިއަށް ހަދިޔާ ކުރަން ނިންމައިފި އެވެ.
އުމުރުން މިހާރު 78 އަހަރު ވެފައިވާ ޝްރިންދާލް އޭނަގެ ނިޔަފަތިތައް ދިގު ކުރަން ފަށާފައިވަނީ އޭނަ ސްކޫލުގައި އުޅުނު ދުވަސް ވަރުން ފަށައިގެންނެވެ. އޭނަ ދިގު ކުރަމުން އައިސްފައިވަނީ އޭނަގެ ވާތުގެ އިނގިލި ތަކުގެ ނިޔަފަތްޗެވެ.
މިހާރު އޭނާގެ ވަނީ “ޖީނެސް ވޯލްޑް ރެކޯޑްސް” ފޮތުންވެސް ޖާގަ ހޯދާފައެވެ. ނަމަވެސް އޭނަގެނަން ދުނިޔޭގެ ރެކޯޑް ފޮތުގައި ހިމެނިގެން ދާނީ 2016 ވަނަ އަހަރުގެ އެޑިޝަންގަ އެވެ.
ސްރިންދާލް މިކަމަށް ޝައުގުވެރިވީ ސްކޫލު ދުވަސްވަރު އޭނަގެ ޓީޗަރުވެސް އެގޮތަށް ނިޔަފަތި ދިގިކޮށްފަ ހުންނާތީއެވެ.
ނަމަވެސް ޓީޗަރުގެ ނިޔަފަތިތައް އޭނަގެ ރައްޓެއްސެއްގެ ސަބަބުން އޭރުވަނީ ބިންދައިގެން ގޮސްފައެވެ. މީގެ ސަބަބުން ޓީޗަރު އެމީހުންނަށް އަދަބުވެސް ދިނެވެ.
ޝްރިންދާލްގެ ޓީޗަރު ބުނާގޮތުން އެގޮތަށް ނިޔަފަތި ދިގުކުރުމުން ކަންތައްތަކަށް ފަރުވާތެރި ވުމުގެ ވިސްނުން ރަނގަޅުވާނެއެވެ. އެހެން ކަމުން ޝްރިންދާލްވެސް ނިއްމީ ނިޔަފަތި ދިގުކުރާށެވެ. އެހެން އެންމެނަށް ވުރު ދިގު ކުރުމަށެވެ.
އޭނަގެ ހުރިހާ ނިޔަފަތްޗެއްގެ ދިގުމިނުގައި މިހާރު 909.6 ސެންޓި މީޓަރު (29.92 ފޫޓު) އެބަހުއްޓެވެ.
އޭނަގެ ބޮޑުވާ އިނގިލީގެ ނިޔަފަތީގެ ދިގުމިނަކީ 6.56 ފޫޓެވެ. ޝަހާދަތް އިނގިލީގެ ދިގުމިނުގައި 5.4 ފޫޓު އިން އިރު މެދު އިނގިލީގެ ނިޔަފަތީގެ ދިގު މިނަކީ 6.12 ފޫޓެވެ. އަނެއް އިނގިލީގެ ނިޔަފަތީގެ ދިގުމިނުގައި 5.96 ފޫޓު އިން އިރު ކުޑަވާ އިނގިލީގެ ނިޔަފަތީގެ ދިގު މިނުގައި 5.88 ފޫޓު އެބަހުއްޓެވެ.
އޭނަ ނިޔަފަތި ދިގުކުރުމުން އުޅުމުން އޭނައަށް އުނދަގޫ ތަކާއި ދިމާވިއެވެ. ފުރަތަމަ އޭނަގެ އާއިލާ މީހުންވެސް އެކަމާ ދެކޮޅު ހެދިއެވެ. އަދި ޓީޗަރުންވެސް އެކަމާއި ދެކޮޅެވެ.
ނަމަވެސް އޭނަ ނިއްމީ ހަމަ ދިގު ކުރާށެވެ. މީގެ އިތުރުން އޭނަގެ އަމިއްލަ މަސައްކަތް ކުރުމަށްވެސް ވަރަށް އުނދަގޫ ވިކަމަށް އޭނަ ބުންޏެވެ.
މިކަމާއި ގުޅިގެން އޭނަގަ ހެދުންވެސް ދޮވެދޭނެ މީހަކު ނުވިއެވެ. އެކަން ވެސް ކުރަންޖެހުނީ އަމިއްލައަށް ކަމަށް އޭނަ ބުނައެވެ. އަދި ވަޒީފާއެއްވެސް މިކަމާއި ގުޅިގެން ލިބޭނެ ގޮތެއް ނުވިއެވެ.
ދެން އޭނައަށް ދިމާވި އެންމެ ހިތްދަތި ކަމަކަށްވީ އިންނާނެ މީހަކު ހޯދުމުގެ މައްސަލައެވެ. ކޮންމެ މީހަކު އޭނައަކީ ނަޖިސް މީހަށްކަމަށް ބަލައި އިންނާކަށް ގަބޫލެއް ނުވެއެވެ. އަންހެން ކުއްޖަކު އެއްބަސް ވިޔަސް އެކުއްޖެއްގެ މައިން ބަފައިން ގަބޫލެއް ނުވެއެވެ.
ނަމަވެސް އެންމެ ފަހުން އޭނަގެ ބޭބެގެ ފަހަރިއެއް އޭނައާއި އިންނަން އެއްބަސް ވިއެވެ. އޭނަ މީހަކާއި އިނދެފައިވަނީ އުމުރުން 29 އަހަރުގައެވެ.
އޭނަގެ ހޮބިއަކީވެސް އޭގެ ފަހުން ނިޔަފަތި ދިގުކުރުމެވެ. އެގޮތުން އޭނަގެ ވާތުގެ ނިޔަފަތި އޭނަ ދިގު ކުރަން ފެށީ 1952 ގައެވެ. މިހާރު އެނިޔަފަތި ތަކަށް 62 އަހަރު ވެއްޖެއެވެ.
އުމުރުން މިހާރު 78 އަހަރު ވުމާއި ގުޅިގެން އެނިޔަފަތިތައް ހަލާކު ވެދާނެތީ އޭނަ ބޭނުންވަނީ އެ ނިޔަފަތިތައް ކަނޑާލާފަ ދާރުލް އާސާރަކަށް ހަދިޔާ ކުރުމަށެވެ. އެއީ އެނިޔަފަތިތަށް ގިނަ ދުވަހަށް ރައްކާތެރި ކަމާއި އެކު ބެހެއްޓުމުގެ ބޭނުމުގައެވެ.
އޭނަ ނިޔަފަތިތައް ކަނޑާލާނެ ދުވަހެއް އަދި އެކަކު ކައިރީގަވެސް ނުބުނައެވެ. އެކަން އަދި އޭނަވަނީ ސިއްރުކޮށްފައެވެ. އޭނަ ބުނާގޮތުން “ހަޔާތުގެ އެންމެ ބޭނުންވާ މަންޒިލަށް ވާސިލު ވެއްޖެ” ކަމަށެވެ.
އޭނާ މިހާރު ހުރީ ވަރަށް އުފަލުންނެވެ. ސަބަބަކީ ވޯލްޑް ރިކޯޑް ފޮތަށް އޭނަގެ ނަންއެރުމުންނެވެ.
އޭނާ ބުނަނީ “މިހާރު އެންމެނަށްވެސް އެނގޭނެ އަހަރެންނަކީ ވޯލްޑް ރިކޯޑްގެ މަގާމު ލިބިފައިވާ މީހެއްކަން” މިހެންނެވެ.
ނަމަވެސް މިކަމަކީ އިސްލާމީ ނަޒަރަކުން ބަލާއިރު ވަރަށް ހަޑި ހުތުރު އަމަލަކެވެ. ނިޔަފަތި ދިގުކޮށް ބެހެއްޓުމަކީ އިސްލާމީ ފިތުރަތާއި މުޅިން ޚިލާފު ކަމެކެވެ.
އިސްލާމް ދީނުގައި 40 ދުވަހަށްވުރެ ދިގުމުއްދަތަކަށް ނިޔަފަތި ނުކަނޑާ ހުރެގެން ނުވާނެއެވެ. އެއީ ސާފު ތާހިރުކަމުގެ ތެރޭގައި ހިމެނިގެން ވާކަމެކެވެ.
ނިޔަފަތި ދަށުގައި އާލާވެގެންދާ ހަޑިތަށް ފިލުވައި ލެވޭނީ އެ ނިޔަފަތިތައް ކަނޑައިގެންނެވެ.