English Edition
Dhivehi Edition

ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕް ސެމީގެ ފަހު ޖާގަ ފްންޑްސް ކުލަބު މިރޭ ހޯދައިފިއެވެ.

ސެމީގެ ފަހު ޖާގަކަ އެޓީމުން ހޯދީ ކުއާޓަރފައިނަލްގެ ފަހުމެޗުގައި އެފްސީ ސްކޫޕެ ކަންމައްޗާ ބައްދަލު ކޮށް 6-2 އިން މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގައި އޮވެގެންނެވެ.

މެޗުގައި ޖެހި 8 ލަނޑުވެސް ފެނިގެން ދިޔައީ ފަހު ހާފުގައެވެ. މި މެޗުގައި ފްރެންޑްސް ކުލަބުން ޖެހި 6 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވުނު އަޔާޒު އަޙުމަދެވެ. ބާކީ ލަނޑުތައް ޖެހީ އެޓީމުގެ ޙުސައިން ޣައްސާން ލަބީބާއި، މުޙައްމަދު ރިފްޢަތާއި، މުޙައްމަދު ޢިމްރާނެވެ. އެ ޓީމުގެ 6 ވަނަ ގޯލަކީ ސްކޫޕް ކަންމަތީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސްކޫޕްކަންމަތީގެ ގޯލުތައް ޖަހައިފައިވަނީ ހޫދު ލަތީފާއި، ޙުސައިން ފައިސަލެވެ.

ދެން ފާށާނީ މި މުބާރާތުގެ ސެމީފައިނަލްގެ މެޗުތަކެވެ. ސެމީގެ ފުރަތަމަ މެޗުގެ ކުޅޭނީ މިމަހު 30 ވަނަ ދުވަހު ރޭގައެވެ. އެމެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާއި، އެފްސީ ބޭރުމަތި އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަކުރާނީ ފްރެންޑްސް ކުލަބާއި ޔަންގްވަންސް އެވެ.