ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއިދުކުރާ ފަރާތަކުން ކުރި ޓްވިޓަކާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހޫނު ރައްދެއް ދައްވައިފިއެވެ.
ސީޕީ ހަމީދު ކުރެއްވި ޓުވިޓްގައި ވަނީ އިންތިޚާބީ މެމްބަރުންތަކެއް ހިމެނޭ މައްސަލައެއްގައި ތުހުމަތުތަކެއް ކޮށް ޓްވިޓާގައި ދައުރު ކުރަމުންދާ ވާހަކަތަކުގެ ހަޤީޤަތް ހާމަކޮށްދިނުމަށްއެދިވަޑައިގެންފައެވެ.މީގެ އިތުރުން ސީޕީ ހަމީދު ވަނީ އޭނާއަށް ތުހުމަތުތަކެއް ކުރައްވައި އާންމު އެކްޓިވިސްޓަކު ކޮށްފައިވާ ޓްވީޓެއްގެ ސްކްރީން ޝޮޓް އާއެކު އެ ޓްވިޓް ކުރި މީހާއާއި ގުޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވިޓާއަށް ރިޕްލައި ކުރަމުން ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ ސީޔާސީ އެކްޓިވިސްޓުން ކުރާ ފަދަ ޓްވީޓު ސީޕީއަކަށް ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ހަމީދު ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އޭއީ އެ ބޭފުޅާއަށް އަމާޒުކޮށްފައިވާ ވާހަކައެއް ނަމަ ، މަގާމުގެ ގޮތުން އެ ވާހަކަތަކަށް ރައްދު ނުދެއްވާނެ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.