English Edition
Dhivehi Edition

ތަފާތު އެކިއެކި ބައްޓަމަށް ހަދާފައި ހުންނަ ބިއްލޫރި ސާމާނު ރީތިކޮށް ސާފުކޮށް ނުލެވޭތީ އެކަމާ ކަންބޮޑުވޭ ހެއްޔެވެ؟ ދިގު ދޯރިއެއް ހެން ބިއްލޫރިން ހަދާފައި ހުންނަ ކަންވާރު ސާފުކުރާނެގޮތް ނޭގިގެން ހާސްވާނަމަ މިއޮތީ އެކަމަށް ހައްލެކެވެ. ބޭނުން ވަނީ ބަދިގޭގައި ބޭނުން ކުރާ ވައްތަރުގެ ސްޕޮންޖުކޮޅަކާއި ދަގަތްފާނު ކޮޅެއްގެ އިތުރުން ކަތުރެކެވެ.glassmagnets1

ދަގަތްފާނުކޮޅު ވީހާ ވެސް ތުނިވުމުން ބޭނުން ކުރަން ފަސޭހަ ވާނެ އެވެ.

އެންމެ

ފުރަތަމަ ވެސް ސްޕޮންޖުކޮޅު ކަފާލާށެވެ. ސައިޒުގެ ކުޑަބޮޑުމިން ކަނޑައަޅާނީ ސާފުކުރާ ކަންވާރެއްގެ ސައިޒަށް ބަލާފަ އެވެ.glassmagnets2

ސްޕޮންޖުކޮޅުގެ މެދުން، ދަގަތްފާނުކޮޅު ލެއްވޭވަރުގެ ލޯވަޅެއް ހަދާށެވެ. މިގޮތަށް ދެ ސްޕޮންޖުކޮޅު ތައްޔާރުކޮށްލާށެވެ.glassmagnets4

އެއް ސްޕޮންޖުކޮޅު ފުޅީގެ ތެރެއަށް ލުމަށްފަހު އަނެއް ސްޕޮންޖުކޮޅުން ބޭރު ގައި ހާކަމުންދާށެވެ.

ދަގަތްފާނުކޮޅުގެ ދަމާ ބާރުގެ ސަބަބުން ބޭނުން ތަނަކަށް އެތެރޭގައި އޮތް ސްޕޮންޖުކޮޅު ގެންދެވޭނެ އެވެ.