English Edition
Dhivehi Edition
ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ނުވަތަ އީ-ޕޯޓަލްއަށް އާ ބަދަލުތަކެއް ގެނެސް، އިތުރަށް ތަރައްގީކޮށްފިއެވެ.

މިއަދު އެމްޑަބްލިއުއެސްސީގެ އޮންލައިން ހިދުމަތްތަކަށް ގެނައި ހެޔޮ ބަދަލުތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ ޖެނެރަލް އައިސީޓީ މެނޭޖަރު އަހުމަދު އުނައިސް ވިދާޅުވީ މީގެކުރިން ކަސްޓަމަރުންނަށް ފައިސާ ދެއްކުނީ ކޮން ބިލަކަށްކަމެއް ނޭނގޭނެ ކަމަށާއި މި ކަމުގެ ސަބަބުން ކަސްޓަރަމަރުންނަށް ދަތި ތަކާ ދިމާވަމުން ދިޔަކަމަށެވެ. ނަމަވެސް މިހާރު މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް ފައިސާ ދެއްކުނީ ކޮން ބިލަކަށްކަން ފަސޭހަ ކަމާއެކު ޕޯޓަލުން ބަލާލެވޭނެ ކަމަށާއި، މިއާއެކު ކަސްޓަމަރުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުންފުނީގެ އޮންލައިން ހިދުމަތްތަކަށް ގެނެވުނު މިބަދަލުތަކުގެ ތެރޭގައި،

  • ދައުލަތުގެ އެކި އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީ-ފާސް ނިޒާމު ބޭނުންކޮށްގެން އެމް.ޑަބްލިޔު.އެސް.ސީގެ ހިދުމަތަތައް އެދި ހުށައެޅުން.
  • އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށްފަހު ހުށައެޅުން.
  • ހުށައަޅާ އެޕްލިކޭޝަންތަކުގެ ކުރިޔަށްދާ އެކި މަރުޙަލާތައް ފަސޭހަކަމާއެކު ބަލާލެވުން
  • އެޕްލިކޭޝަންތަކުގެ މަރުހަލާތައް ބަދަލުވަމުންދާ ސްޓޭޓަސް އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވުން
  • އޮންލައިން ހިދުމަތް ބޭނުން ހިފައިގެން ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މަޢުލޫމާތު އެއް ތަނަކުން ބަލައިލެވުނ
  • އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކުން
  • އެކި އެކައުންޓުތަކުގެ ބިލުތަކަށް އެއްފަހާރާ ފައިސާދެއްކުން

މީގެއިތުރުން، އެކުންފުނިން އޮޕެރޭޓް ކުރަމުންދާ ރަށްރަށުގެ ފެން މީޓަރުތައް ސްމަރޓް މީޓަރުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ސްމާޓް މީޓަރު ހަރުކުރެވިފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންގްވެސް އަދި ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި، ބިލްތަކުގެ ތަޕްސީލު ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ.