English Edition
Dhivehi Edition
ސައުދު ޕީޕީއެމް، ޕީއެންސީ ޖަލްސާގައި - ފޮޓޯ: ޕީޕީއެމް

ޕީއެންސީއަށް މީހުން ވެދުމަށް ވަގު އެއްވެސް ފޯމެއް ހުށަހަޅާފައި ނޯންނާނެކަމަށް އެ މަސަައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ އޮޅުވާލައިގެން އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާކަމަށް ބުނެ އެ މައްސަލަ ޝަކުވާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އެމްޑީޕީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އީސީއަށް ފޯމު ހުށަހަޅާފައިވާކަމަށެވެ.

މި ތުހުމަތުތައް ދޮގުކޮަށް މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ފޯމު ފުރުމުގެ ހަރަކާތްތަކުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށެވެ. އަދި ޕީއެންސީއަށް، އެމްޑީޕީގެ މެންބަރުން ދަފްތަރު ކުރަމުންދާކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ، އަމިއްލައަށް އުފައްދައިގެން އުޅޭ ވާހަކައެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީ މަކަރުހަދައި އޮޅުވާލިކަމަށް ބުނެ، އެމްޑީޕީ މައްސަލަ ފުލުހަށް ހުށަހަޅާނަމަ ވެސް ޖަވާބުދާރީވާން ތައްޔާރުކަން ހާމަކޮށް މުހައްމަދު އިސްމާއީލް ވިދާޅުވީ މި މަސައްކަތުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށެވެ.