އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ, ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިމެން ބާކީ ދެން އޮތީ އެއް ދުވަހެވެ.
އިރީދޫ އިން ބުނީ ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިމެން ބާކީ އެއް ދުވަސް އޮތް ނަމަވެސް ކަސްޓަމަރުންނަށް އަދިވެސް އިނާމުތައް ހޯދުމުގެ ފުރުސަތު އޮތްކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23އިން ފެށިގެން އުރީދޫއިން ތައާރަފުކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، މި ޕްރޮމޯޝަން ނިމޭއިރު 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ލިބޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މަހުގެ އެންމެ އަގުހުރި އިނާމު ކަމަށްވާ ޕީސީއެކްސް 160 އާއި މުޅި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމަށްވާ، 2024 ރެބެލް 300، ކަޅު ކުލައިގެ ސައިކަލު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.