English Edition
Dhivehi Edition

އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިއަކަށް މިދިޔަ ސީޒަންގައި ކުލަބްގެ ރިކޯޑް ފީއަކަށް ސްޕެއިންގެ ރިއަލްމެޑްރިޑުން ޔުވެންޓަސްއަށް ބަދަލުވި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއރުރޮނާލްޑޯ ވަނީ އޭނާ މީގެ ކުރިން ކުޅުނު އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ރެއާލް މެޑްރިޑާއެކުވެސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯއަށް ލިބުނުއިރު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވުނީ އިންޓަރ މިލާންގެ ކީޕަރު ސާމިރް ހެންޑޮނޮވިޗް އަށެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ލިބުނީ ނާޕޮލީއަށް ކުޅެމުން އަންނަ ކަލިދޫ ކުލިބާލީ އަށެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ލާޒިޔޯގެ މިލިންކޮވިޗް ސަވިޗްއެވެ. އެންމެ މޮޅު ފޯވާޑަކަށް ސަމްޕްޑޯރިއާގެ ފޯވާޑް ފަބިއޯ ކުއަގްއަށް ލިބުނުއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ރޯމާއަށް ކުޅެމުން އަންނަ ނިކޮލޯ ޒަނިއޯލޯ އެވެ.

ރެއާލް މެޑްރިޑު ދޫކޮށް 100 މިލިއަން ޕައުންޑަށް ޔުވެންޓަސް އާއި ގުޅުނު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ކުޅުނު 33 މެޗުން 22 ގޯލު ޖަހައި 13 ގޯލު ޖެހުމުގައި އެހީތެރިވެދީފައެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސްއަށް އަދި ބާކީ ދެމެޗު އޮތް ނަމަވެސް އެޓީމަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވީ ނަމަވެސް މިސީޒަންގައި ޗެމްޕިއަންސް ލީގުގެ ތަށި ހޯދު ރޮނާލްޑޯއާއި އެކު ނިކުތް ޔުވެންޓަސް އަށް ވަނީ އެކަން ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.