ސ.މަރަދޫ އަމިއްލަ ޖަމިއްޔާ އެއްކަމުގައި ވާ ޑީސީ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ”ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލެންޖް 2018″ގެ ސެމީގެ މެޗުތަށް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލްންޖް 2018 ގެ ކުއާޓާ ފައިނަލްގެ މެޗުތައް ރޭގައި ކުރިއަށް ގޮސްފައިވާ އިރު ރޭގެ ފުރަތަމަ މެޗުގައި މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފްސަޙް ޝަފީއު އާއި އަބުދުﷲ ހުޒާމް ބައްދަލު ކުރި މެޗު ހުޒާމް ކާމިޔާބު ކޮށްފައި ވާއިރު ރޭގެ ދެވަނަ ސެމީގައި ހުސައިން އައިކް އާއި ވިޝާން ހަބީބު ބައްދަލު ކުރި މެޗު ވިޝާން ވަނީ 2-0 ލަނޑުން ކާމިޔާބުކޮށްފައެވެ.
ރޭ ކުޅުނު ކުއާޓާގެ އަނެއް މެޗުން ހުސައިން މާން އާއި ބައްދަލުކޮށް އަލީ ޖަލީ 4-6 ލަނޑުން މާން ބަލިކޮށްފައި ވާއިރު ރޭ ގެ ފަހު މެޗުގައި ކުޅެފައިވަނީ އަލީ އަބާން އާއި އައިހަމް އާދިލް އެވެ.މިމެޗު 7-6 ލަނޑުން ކާމިޔާބުކޮށްފައިވަނީ އައިހަމްއެއެވެ.
ޑީސީ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މިއަހަރުގެ ވޯލްޑް ކަޕާއި ގުޅޭ ގޮތަށް ބާއްވާ މިމުބާރާތުގެ މިރޭ ކުޅޭ ސެމީފައިނަލް ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އައިހަމް އާއި އަފްސަހް އެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ވިޝާން އާއި އަލީ ޖަލީލްއެވެ.
ޑީސީ ސްޕޯޓްސް ފީފާ ޗެލެންޖް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 4000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު ރަނައަޕްއަށް 1000 ރުފިއާ ދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ މެއިންސްޕޮންސަރަކީ ހިތަދޫ އީހަބްއެވެ. އަދި ކޯ ސްޕޮންސަރަކަށް ސީސެލްސް ހަމަޖެހިފައިވާއިރު މީޑީއާ ޕާޓުނަރަކީ އޭއޯ ނިއުސްއެވެ.