English Edition
Dhivehi Edition

ސްރީ ލަންކާގައި މުސްލިމުންގެ ކައިވެންޏާ ބެހޭ ގާނޫނު އިސްލާހުކޮށް، އުމުރުން 18 އަހަރު ވުމުގެ ކުރިން ކައިވެނިކުރުން މަނާކުރަން އެ ގައުމުން ނިންމައިފިއެވެ.

ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ ވިދާޅުވީ ލަންކާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެ ގައުމުގެ ކަންކަން އިސްލާހުކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށާއި މި ގޮތުން ހުރިހާ ދީނެއްގެ މީހުންނަށް ހަމަހަމަ އުސޫލަކުން ގާނޫނީ ގޮތުން އަމަލުކުރަން ނިންމާފައިވާކަމަށެވެ. މި ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކައިވެންޏާ ބެހޭ ކަންކަމަށް ވެސް ބަދަލު ގެންނާނެ ކަމަށާއި އުމުރުން 18 އަހަރު ވުމުގެ ކުރިން ކައިވެނިކުރުން މަނާކުރާނެކަމަށެވެ.

މުސްލިމުންނަށް ކައިވެނިކުރެވޭ އުމުރު 18 އަހަރުން މައްޗަށް ހަމަޖެއްސުމަށް ހުށަހެޅީ ލަންކާގެ “މުސްލިމް ވިމެން” ޖަމިއްޔާއިންކަމަށް މީޑިއާތަކުން ބުނެފައިވާއިރު މީގެ ކުރިންވެސް އެ ޖަމިއްޔާއިންވަނީ ލަންކާގައި 18 އަހަރުނުވާ ކުދިން ކައިވެނިކުރުވާ މައްސަލައާއި ދެކޮޅަށް ވަކާލާތުކޮށްފައެވެ.