English Edition
Dhivehi Edition
ކުޑަކުދިންނާއި ބެހުނުކަމަށް އިޢުތިރާފް ވެފައިވާ ޙަސަން ޢަލީ-- ފޮޓޯ ސޯޝަލް މީޑިއާ

ހުޅުމާލޭގައި ކުޑަކުދިންތަކަކާ ބެހުނު ކަމަށް ތުހުމަތު ކޮށް، ރޭ ގަންހިނގުވި ޙަސަން ޢަލީ އޭނާ ކުޑަކުދިންތަކަކާ ބެހުނު ކަމަށް އިޢުތިރާފްވެއްޖެއެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އޭނާ ގަންހިންގާ ސުވާލުކޮށްފައިވާއިރު އޭނާ ވަނީ މިކަަމަށް އެއްބަސްވެފައެވެ. މިކުދިންނަށް ޖިންސީ އަނިޔާ ކުރިކަމަށް ހަސަން އަލީ އިޢުތިރާފް ވެފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވާންފަށާފައެވެ.

ތުޙުމަތު ކުރެވޭ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކަށް ހަތަރު ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވާނެ ކަމަށާއި،އަދި ޖިންސީގޮތުން އަނިޔާދޭންވެސް މަސައްކަތް ކުރި ކަމަށާއި އެނޫންވެސް އަނިޔާ ކޮށްފައިވާނެ ކަމަށް ހަސަންއަލީ ވަނީ އިޢުތިރާފްވެފައެވެ.

ރޭ، ހުޅުމާލޭ ކޯޓްގެ ކޯޓް އަމުރުގެ ދަށުން 19 އަހަރުގެ މިފިރިހެންމީހާ، ފުލުހުން ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މުޖުތަމަޢުގެ ތެރޭގައި ފެތުރެމުންދާ މިފަދަ ބަލިމަޑުކަމަކީ މީހާގެ އީމާންތެރި ކަން ކުޑަވުމުން ދިމާވާ މައްސަލަ ތަކެވެ. އަދި މިފަދަ މައްސަލަތައް ޙައްލުވާނީ އިސްލާމްދީނުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބު މިފަދަ ފަރާތްތަކަށް ލިބިގެންނެވެ.

ނަމަވެސް ހިތާމައަކީ މިފަދަ މީސްމީހުންނަށް އެކަށީގެންވާ އަދަބު ނުލިބި މުޖުތަމަޢުގެތެރެއަށް ދޫކޮށްލެވޭ ކަމެވެ.