English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މިއަދު އާ މިސްކިތެއް ހުޅުވައިފި އެވެ. އަލަށް ހުޅުވި މި މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 300 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެއެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ މި މިސްކިތުގެ ނަމަކީ “މަސްޖިދުލް ކައުސަރު” އެވެ. މިއަދު ހުކުރު ނަމާދަށް ހުޅުވި މި މިސްކިތާ އެކު ފޭދޫގައި ހުކުރު ކުރާ ތިން މިސްކިތް ހުންނާނެ އެވެ.

މަސްޖިދުލް ކައުސަރުއަކީ ކުރިން ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ، ފޭދޫގައި ހުރި އެންމެ ކުޑަ އަދި އެންމެ ދުވަސްވީ މިސްކިތުގެ ތެރެއިން ނަަމާދުކުރާ އެއް މިސްކިތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް އެޅި މި މިސްކިތް ހުރި ތަނުގައި ކުރީގައި ހުރި މިސްކިތް ތަޅާލައި އާ މިސްކިތެއް އަޅުއްވައި ދެއްވީ ފޭދު އަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ނައީމް (ހެޕީ މާކެޓް ނައީމް) އެވެ. އެންމެ ޒަމާނީ ފެންވަރަށް ބިނާ ކުރި މިސްކިތް ހުރީ އޭސީ ވެސް ކޮށްފަ އެވެ.

ނައިމަކީ ފޭދު އަށް އިޖުތިމާއީ ގޮތުން ބޮޑެތި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އޭނާގެ ހިއްސާ އޮންނަ ކްލިނިކެއް ވެސް އެއިމްސް ޑައިގްނޯސްޓިކް ސެންޓަރުގެ ނަމުގައި ފޭދޫގައި ހިންގަމުން އަންނަ އިރު، ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ފޭދޫގެ ހުރިހާ ގޭބިސީއަކަށް ނައީމުގެ ހަރަދުގައި ރޯދަ ހަދިޔާ ވެސް ބައްސަވަ އެވެ.