English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ކަވާބް ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

3 ޖޯޑް ވަޅޯމަސް ކޮށާފައި

1 ޖޯޑު ކާށިހުނި

1 ގޮތެޔޮމިރުސް

ހިކަނދިފަތް

1 1/2 ޖޯޑު މުގު ފެނުކައްކާފައި ޗަސްކޮށްފައި

2 ބޮޑު ފިޔާ ކޮށާފައި

5 ލޮނުމެދު ގާނާފައި

1 ސަމްސާ އިނގުރު ގާނާފައި

ލުނބޯހުތް

1/2 ރީނދޫ

2 1/2 ޖޯޑުފެން

2 ސަމްސާ ފުށް

ލޮނު

ތެޔޮ

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތައްޓެއްނަގާފައި ފިޔާ،ލޮނުމެދު،އިނގުރު،ހިކަނދިފަތް،މިރުސް،ލުނބޯހުތް،ރީނދޫ އަދި ލޮނުލައިގެން މިތަކެތި މޮޑެލާށެވެ. ދެން މުގު، މަސް އަދި ހުނި އެޅުމަށްފަހު އަނެއްކާ މޮޑެލާށެވެ. ދެން ފުށްވެސް އެޅުަމަށްފަހު ފެންފޮދެއް އަޅައި އަތުން ފަހަރަކު ކަވާބެއް ނެގޭވަރަށް މާހަރުނުވާގޮތަށް މޮޑެލާށެވެ. ދެން ތެޔޮ ހޫނުުކުރަން އުދާލުމަށްފަހު ބޮކޮޖަހަންފޭށީމަ ފަހަރަކު ފުށްގުޅައެއް ކަވާބެއް ގޮތަށް އަތުން ނަގާފައި ތެލަށް އަޅާފައި ގޯލްޑެން ބްރައުން ކުލައަރަންދެން ތެލުލާށެވެ.