English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީ އަށް މިއަދު ޙާއްސަ މިކޮށްލަނީ ޕާންޕުޑިންގް ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

1 ބޮޑުޕާން އަރިމަތި ކަފާފައި

1 ދަޅުގެރިކިރު

4 ކުކުޅުބިސް

1 ޖޯޑުފެން

2 ސައިސަމްސާވެނީލާ އެސެންސް

2 މޭޒުމަތީސަމްސާ މާޖިރިން

2 މޭޒުމަތީސަމްސާ ހަކުރު

50ގ ހިކިމޭބިސްކަދުރު

ތައްޔާރުކުރާނެގޮތް:

ގެރިކިރުދަޅުން 3 ބައުކުޅަ ދެބައި ގެރިކިރު، 4 ކުކުޅުބިސް އަދި ފެން މިކްސަރަށް އަޅާފައި 3 މިނެޓްވަންދެން ގިރާލާށެވެ. ޕާންފޮތިތަކުގެ ދެފުށުގައި މާޖިރީންހާކާލާށެވެ. ޓްރޭގެ ފުލުގައި ހަކުރު ފަތުރާލުމަށްފަހު އޭގެމަތީަގއި ޕާންފޮތި އަތުރާލާށެވެ. އެއަށްފަހު މިކްސަރުން ގިރާލި ސޯސްގަނޑު އަޅާ ފައި މައްޗަށް މޭބިސްކަދުރު އެޅުމަށްފަހު ޕާނުގެ ތެރެއަށް ސޯސްގަނޑު ވަދެ ފޯވީމަ އަވަނުން ފިހެލާށެވެ.