English Edition
Dhivehi Edition
ވަޅޯމަސް ކަވާބް: ފޮޓޯ/ގޫގަލް

“އޭއޯ ނިއުސް ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ހާއްސަ ކޮށްލާނީ ދިވެހިންނަށް ވަރަށް ކަމުދާ ކުޅިއެއްޗެއް ތައްޔާރު ކުރާނެގޮތް ގެނެސްދިނުމަށެވެ. އެގޮތުން މިއަދު ގެނެސްދޭ ކަވާބަކީ ކުޅި ކާތަކެއްޗަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް ވަރަށް ކަމުދާނެ ރެސިޕީއެއް ކަމަށް އުންމީދުކުރަމެވެ.

ބޭނުންވާތަކެތި:

1 1/2 ވަޅޯމަސް ކޮށާފައި

1 ސަމްސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި

1 ފިޔާ ހިމުންކޮށް ކޮށާފައި

1 އިންޗި އިނގުރުކޮޅެއް ގާނާފައި

2 ސައިސަމްސާ ލުނބޯ ހުތް

1/2 ޖޯޑު ކާށި ހުނި

1ޖޯޑު ހަނޑޫ (ފެނަށްއަޅާފައިހުރި) ރާޅުކޮށް ފުނޑާފައި

2 ސަމްސާފެން

1/2 ސަމްސާ ރީނދޫ

5-6 ހިކަނދިފަތް ހިމުންކޮށް ކޮށާފައި

1/2 ޖޯޑު ފުށް

ލޮނު

ތެޔޮ (ތެލުލަން)

ތައްޔާރު ކުރާނެގޮތް:

ފިޔާ،ގިތެޔޮ މިރުސް، އިނގުރު، ލުނބޯހުތް، ހިކަނދިފަތް، ރީނދޫ، ލޮނު، ތަށްޓެއްގައި ރަނަގަޅަށް މޮޮޑެލާށެވެ. ދެން ރާޅުކޮށް ފުނޑާފައި ހުރި ހަނޑޫ، މަސް އަދި ހުނި އެޅުމަށް ފަހު ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު ފުށްކޮޅު އަޅައި ފެންފޮދު ވެސް އެޅުމަށްފަހު އަތުން ބިސް ޝޭޕަށް ގުޅަހަދާ ލެވޭވަރަށް މޮޑެލާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާފައި ތެޔޮ ހޫނުވީމަ ތައްޔާރު ކުރި ކަވާބް މަސްގަނޑުން ގުޅަހަދާފައި ތެޔޮގަނޑު ތެރެއަށް އަޅަމުން ގެންދާށެވެ. ގުޅަތަށް ތެލަށް އަޅާއިރު އަޅާނީ ތަތްނުލާވާ ގޮތަށް ދުރުދުރަށެވެ. މިގޮތަށް މަސްގަނޑު ހުސްވަންދެން މަޑުގިނީގައި ކަވާބަށް ގޯލްޑެން ބްރައުން ކުލަ އަރަންދެން ތެލުލަމުން ގެންދާށެވެ.