English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ޗޮކްލެޓް ލަޒާނިއާ ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

1ބޮޑު ޕެކެޓް އޯރިއޯ ބިސްކޯދު

6 ސައިސަމްސާ ބަޓަރ (ވިރުވާފައި)

8oz ކްރީމްޗީޒް

¼ ޖޯޑު ހަކުރު

1 ¾ ކިރު އަދި (ދެސައިސަމްސާ ކިރު ވަކިން)

8oz ވިޕްކްރީމް ދެދަޅު

3.9oz ޗޮކްލެޓް ޕުޑިން

ކުދި ޗޮކްލެޓް ޗިޕްސް (ގާނިޝްކުރުމަށް)

ތައްޔާރުކުރާނެގޮތް:

އޯރިއޯތަކުގައި ހުރި ކްރީމް އާއެކު ބިސްކޯދުތައް މިކްޗަރުން ފުނޑުކޮށްލާށެވެ. ދެން ބޯތައްޓަކަށް އެޅުމަށްފަހު ވިރުވާފައި ހުރި ބަޓަރު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭއަކަށް އެޅުމަށްފަހު ރަނގަޅަށް ސަމްސަލަކުން އެއްވަރުކޮށްލުަމސްފަހު ތައްޔަރުކުރި ބިސްކޯދު ފަތުރާލާފައި ފްރިޖްގައި ބަހައްޓާށެވެ.

ދެން ހަމަ އެބޯތަށްޓަށް ކްރީމްޗީޒް އަޅާފައި ހޭންޑްމިކްސަރުން އޮލަވަންދެން މިކްސްކުރުމަށްފަހު ދެސަމްސާކިރު އަދި ހަކުރު އެޅުމަށްފަހު އަނެއްކާ ގިރާލާށެވެ. މިޗީޒް މިކްސްޗަރ ގެތެރެއަށް 1ދަޅު ވިޕްކރީމް އެޅުމަށްފަހު ބްލެންޑް ކޮށްލާށެވެ. ތައްޔާރު ކުރި ކްރީމްޗީޒް މިކްސްޗަރ ޓްރޭގައި ފަތުރާފައި ހުރި ބިސްކޯދު ލޭޔާމައްޗަށް އެޅުމަށްފަހު ރަނގަޅަށް އެއްވަރު ކޮށްފައި ފިނިކުރަން ފްރިޖްގައި10 މިނެޓްވަންދެން ބަހައްޓާށެވެ.

ދެން ބޯތައްޓެއްނަގާފައި ޗޮކްލެޓްޕުޑިންގ އެޅުމަށްފަހު ¾ ކިރު އެޅުމަށްފަހު ހޭންޑްމިކްސަރުން މަޑުމަޑުން އޮލަވަންދެން ގިރަމުންދާށެވެ.ދެން ފްރިޖްގައި ހުރި ޓްރޭނެގުމަށްފަހު ކްރީމްޗީޒް މިކްސްޗަރ މަތީގައި ތައްޔާރު ކުރި ޗޮކްލެޓް ޕުޑިންލޭޔަ އަތުރާލުމަށްފަހު ޗޮކްލެޓް ޗިޕްސްއަޅާފައި ގާނިޝްކުރުމަށްފައޭގެ މަތީގައި ބާކީ ހުރި ވިޕްކްރީމް ދާޅުން ވިޕްކްރީމް އުނގުޅާފައި ޗޮކްލެޓް ޗިޕްސް އޭގެމައްޗަށް އެޅުމަށްފަހު ފްރިޖްގައި 1 ގަޑިއިރުވަންދެން ބެހެއްޓުމަށްފަހު ސާވް ކުރާށެވެ .