ހޮލީވުޑްގެ ފިލްމުތަކަކީ ވަރަށް ގަބޫލު ކުރަން ދަތި ޓެކްނޮލަޖީ ތައާރަފްކޮށްދޭ ބައެކެވެ. އެފަދަ ޓެކްނޮލޮޖީ ހަގީގަތަކަށް ވަނީ އޭގެ ފަހުންނެވެ. އެގޮތުން ބަންދު ކޮޓަރި ތަކުގެ ތެރޭ ތިބޭ މީހުން އެކްސްރޭ ވިޝަން މެދުވެރިކޮށް އެ މީހުންގެ ހަރަކާތްތައް ބަލާލެވެ އެވެ.
މި ޓެކްނޮލަޖީ މިހާރު ހަގީގަތަކަށް ހެދުމަށް މައްސަޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ (އެމްއައިޓީ)ގެ ރިސާޗަރުން ވަނީ ސޮފްޓްވެއާ އެއް ފަރުމާކޮށްފަ އެވެ. މި ޓީމުގެ އެންމެ އިސްކޮށް މަސައްކަތް ކުރަނީ ޕްރޮފެސާ ޑީނާ ކަޓަބީ އެވެ. އެ މީހުން ތައްޔާރު ކުރާ ސޮފްޓްވެއާއިން ތަފާތު ރޭޑިއޯ ސިގްނަލްތައް ބޭނުންކޮށް ބަންދު ކޮޓަރީގެ އެތެރޭގެ އުޅޭ އިންސާނުންގެ ހަރަކާތްތައް ބޯ ފާރު ފޫއަޅުވާލާ ވަރަށް ސާފުކޮށް ދެނެގެނެވެ އެވެ.
ޑިނާ އާއި އޭނާގެ ޓީމުން މި މަސައްކަތް ފަށާފައި ވަނީ 2012 ވަނަ އަހަރުގަ އެވެ. އޭރުން ފެށިގެން އެމީހުން ހޯދަމުން ދިޔައީ ވަޔާލެސް ސިގްނަލްސް މެދުވެރި ތަފާތު އެއްޗެހީގެ އަނެއް ފަރާތުގައިވާ ތަކެތީގެ ހަރަކާތްތައް ބަލާލެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން މިސޮފްޓްވެއާއަށް މަސައްކަތް ކުރާ ޑިވައިސްއެއް ތައްޔާރުކޮށް މިހާރު ދަނީ އެޓެސްޓް ކުރަމުންނެވެ.
އެމީހުން ފަރުމާ ކޮށްފައިވާ ޑިވައިސް އިން ރަތްކުލައިގެ ތިކި ތަކަކުން މީހުންގެ ހަރަކާތްތައް ވަރަށް ރީއްޗަށް ސްކްރީންއަށް ފެނިގެން ދެއެވެ. މި ވަޔަލެސް ސިގްނަލް ތަކުން މީހުންގެ ހަރަކާތްތައް ދެނެގަތުމާއި އެކު އެމީހުންގެ ނޭވާލުމާއި އަދި ހިތުގެ ވިންދުވެސް ފާހަގަ ވެއެވެ. މީގެ އިން ހަގީގަތުގައި ފެނިގެންދާ ހަރަކާތް ތަކުގެ ބައްޓަން ބިނާވެފައި އޮންނަނީ އެމީހާގެ ސްކެލެޓަން (ކަށިގަނޑު) ގެ ވައްޓަފާޅިއަށް އަކަމަށް ރިސާޗަރުންގެ ޓީމުގައި ހިމެނޭ ޒެޗް ކަބެލެކް ވަނީ ބުނެފައެވެ.
މީގެ ސަބަބުން އެހީތެރިންނަށާއި އަދި ސިއްޙީ އެހީދޭ އެޕްލިކޭޝަންތަކަށް ފަސޭހަވެގެން ދާނެ އެވެ.
އަދި އެތެރޭގައި ތިބޭ މީހުންނަށް އެކުރަނީ ކޮން ކަމެއްކަން ނޭގި ފަސޭހަ ކަމާއި އެކު މި ސިސްޓަމް ތެރެއިން ބެލޭނެ އެވެ، އަދި މިކަމަކަށް ވަކިވައްތަރެއްގެ ހެދުމެއް އަޅާކަށްވެސް ނުޖެހޭނެއެވެ.
އެހީތެރިންނަށް ކަމެއް ގޯސްވާއިރު މިސިސްޓަމުން އަންގާވެސް ދޭނެއެވެ.
މި ޑިވައިސް މާކެޓަށް އަންނާނެ ކަމަށް ލަފާކުރެވެނީ 2017 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މީގެ އަގު ގާތްގަނޑަކަށް އުޅޭނީ އެމރިކާ 250–300 ޑޮލަރު ގައި ކަމަށް މިއުފައްދާ އެމްއައިޓީ ލެބުން ބުނެއެވެ.
މި އުފެއްދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކަށީގެންވާ ކުންފުންޏަކާއި ގުޅިގެން ކަމަށް އެފަރާތުން ބުނެއެވެ. މި އުފައްދާ ޓީމުން ނިންމާފަ އޮތީ މި ޑިވައިސް ވީހާވެސް ކުޑަ ކުރުމަށާއި އަދި މިއަށް ބޭނުންވާ އެޕްލިކޭޝަން ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ފަރުމާ ކުރުމަށެވެ.
އަދި މި އެޕްލިކޭޝަން ސްމާޓް ފޯނުތަކުންވެސް މަސައްކަތް ކުރެވޭނެ އެވެ. ނަމަވެސް މިކަމަކީ ވަރަށް ބޮޑަށް މީހުންގެ ޒާތީ ކަންތައްތަކާ ގުޅޭ ކަމަކަށް ވާތީ މިކަން ކުރުމުގައި ވަރަށް ބޮޑަށް މިކަމަށް ބެލެވޭނެ ކަމަށް އެ ލެބުން ބު ނެއެވެ.