English Edition
Dhivehi Edition

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ކޮންމެ އަންގާރަ ދުވަހަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ޖުމްލަ 2،207 ކޭސް ވަނީ ރިޕޯޓުކޮށްފައި ވެއެވެ.

މިއީ މިދިޔަ ހަފުތާ އާއި ހަމައަށް ޑެންގީ ޖެހިގެން ރިޕޯޓުު ކުރި އަދަަދަށް ވުރެ 250 ގެ އިތުރު އަދަދެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ. އަތޮޅުން ނެވެ. އެ އަތޮޅުން ޑެންގީ ހުމުގެ 44 ކޭސް ރިޕޯޓު ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ރިޕޯޓު ލިބިފައިވާ ރ. އަތޮޅުން 37 މީހަކަށް ވަނީ ޑެންގީ ހުން ޖެހުނެވެ.

މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކުރި އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާ އާއި ހަމައަށް 846 ކޭސް ރިޕޯޓް ކޮށްފައިވާއިރު މި ހަފްތާގައި މި އަދަދު ވަނީ 1،064 އަށް އިތުރުވެފަ އެވެ.

ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެއިން ނެވެ.