English Edition
Dhivehi Edition

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖުން ފިތުރު އީދަށް ޚާއްޞަކޮށްގެން އީދު ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

2 ރޭޓެއް ހިމެނޭ މި ޕެކޭޖްގައި 79 ޑޮލަރަށް ހާފް ބޯޑުގައި އެއްދުވަހަށް އީކުއޭޓަރގައި ތިބެވޭނެ އެވެ. މި ޕެކޭޖްގައި ހެނދުނުގެ ނާސްތާގެ އިތުރުން އިތުރު އެއްގަޑިއެއްގައި ކެއުން ލިބެއެވެ. އަދި 130 ޑޮލަރަށް ފުލް ބޯޑުގައި ތިބެވޭ އިރު މި ޕެކޭޖްގައި އެންމެ ޚާއްޞަ އެއްކަމަކީ ރަށުތެރެ ބަލައިލުމަށް ދާން ބައިސިކަލްވެސް ފޯރުކޮށްދޭ ކަމެވެ. މީގެ އިތުރުން މި ޕެކޭޖްގައި ރިސޯޓުގެ ހުރިހާ ޚިދުމަތްތަކެއް ލިބިގެން 1 ދުވަހަށް ކޮޓަރިއެއްގައި ތިބެވެއެވެ.

މި ދެ ޕެކޭޖެއްގައިވެސް އުމުރުން 5 އަހަރު ނުވާ ކުޑަކުދިންނަށް އެއްވެސް އަގެއް ނުނަގާނެކަމަށް އީކުއޭޓަރ އިން ބުނެއެވެ. އީކުއޭޓަރ އިން ބުނީ މިއީ ހަމައެކަނި ދިވެހިންނާއި އަދި ވޯކްޕާމިޓް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އީދު ޕްރޮމޯޝަނެއް ކަމަށެވެ.

އީކުއޭޓަރ ވިލެޖަކީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއާއެކު ދިއުމަށް ބޭނުންވާ އެއްތަނެވެ. ތަފާތު އެކި މުނާސަބާތަކާއި ގުޅުވައިގެން އީކުއޭޓަރ އިން ތައާރަފް ކުރާ ޕެކޭޖްތަކުގައި ގިނަ ބަޔަކު އެތަނަށް ޒިޔާރަތް ކުރެއެވެ.

1 ކޮމެންޓް
މުހައްމަ ފުތާ
މެއި 22, 2019
މީ ވަރަށް ފައްކާ ޕެކެޖް އެއް އައްޑޫގެ ރައްޔިތުންންށް، އަހުރެން މީތިބުކްކުރާނަން.