English Edition
Dhivehi Edition

މާޗުމަސް ނިމުނުއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ދަށްވެފައިވަނީ ކަރަންސީ ސްވޮޕްގެ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ،ސަރުކާރުން ރިޒާވް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 100 މިލިއަން ރުފިޔާ ދައްކާފައިވާކަމަށެވެ.

ރިޒާވަށް އަންނަ މިފަދަ ބަދަލުތަކަކީ އާންމުކޮށް ވެސް އަންނާނެ ބަދަލުތަކެއް ކަމަށާއި އެއް މަހުގެ ތެރޭގައި 162 މިލިއަން ޑޮލަރު މަދުވެފައި ވާއިރު އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދެއްކީ ކަރެންސީ ސްވޮޕަށްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މާޗް މަސް ނިމުނު އިރު އެ އަދަދުން 162މިލިއަން ޑޮލަރު ވަނީ މަދުވެފައެވެ.

މީގެކުރިން ކަރެންސީ ސްވޮޕްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހުރި ނަމަވެސް އާ ސަރުކާރުން ވަނީ އިންޑިއާގެ މަރުކަޒީ ބޭންކުން 400 މިލިއަން ޑޮލަރު ކަރެންސީ ސްވޮޕްގެ ގޮތުގައި ނެގޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އަދި ވެރިކަމުގެ ދައުރު ނިމޭއިރު ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ ރައީސް މުހައްމަދު ސޯލިހްގެ ވައުދެކެވެ.