English Edition
Dhivehi Edition

ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ ލޯކަލް ޕާޓްނަރު، އައިލެންޑް ފައިނޭންޝަލް ސާވިސަސް (އައި.އެފް.އެސް)އަށް ދޫކޮށްފައިވާ ރެމިޓަންސް ލައިސެންސް ހިފާއްޓާފައި އޮތުމަށްފަހު އެތަން ހިންގުމުގެ ހުއްދަ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އަލުން ދީފިއެވެ.

އައިލެންޑް ފައިނޭންޝަލް ސާވިސަސްއަށް އެމްއެމްއޭއިން ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމާއެކު އެކުންފުނިން ދެމުންދާ ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ޚިދުމަތް ވަނީ މިމަހުގެ 8 ވަނަ ދުވަހު މެދުކެނޑިފައެވެ.

އައި.އެފް.އެސް ހިންގާ ވިލާ ޓްރެވެލްސް ހިންގުމާ ހަވާލުވެ ހުންނެވި ސޮފްވާން މުހައްމަދު ވިދާޅުވީ، އެ ކުންފުނީގެ ލައިސެންސް ހިފެހެއްޓީ މުއާމަލާތުތައް ފުރިހަމަކުރަން ގެންގުޅޭ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ.

އެމްއެމްއޭއިން ބުނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ރެމިޓެންސް ޚިދުމަތް ދިނުމަށް އެ އޮތޯރިޓީން ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ސަސްޕެންޑްކުރުމަށް ނިންމި ނިންމުން މިމަހުގެ 18 ވަނަ ދުވަހު އުވާލާފައިވާކަމަށެވެ. އަދި ސަސްޕެންޝަން އުވާލުމާއި ގުޅިގެން ވެސްޓަން ޔޫނިއަންގެ ޙިދުމަތް އައިލެންޑް ފައިނޭންޝަލް ސާވިސަސްއިން މިހާރު ވަނީ އަލުން ފަށާފައެވެ.

ވެސްޓަން ޔޫނިއަންއަކީ ބޭރު ޤައުމުތަކަށް ފައިސާ ފޮނުވުމަށް ގިނަ ބަޔަކު ބޭނުންކުރާ ޙިދުމަތެކެވެ.