ގަސް އިންދަން ލޯބި ކުރާ ފަރާތްތަަކަށް އުފާވެރި ހަބަރެކެވެ. ހާއްސަކޮށް ގޭ ތެރޭގައި މާ ގަސްތައްް އިންދަން ލޯބި ކުރާ ފަރާތްތަކަށް މި ވަރުގެ ހަދިޔާއެއް ނޯންނާނެ އެވެ. ގަސް ހެއްދުން ވެސް މިހާރު ސްމާޓްވީ އެވެ. ގޭ ތެރޭގައި ގަސް ހައްދަން ޝައުގުވެރިވާ ނަމަ މިހާރު ހޯދަން ޖެހެނީ ސްމާޓްކޮށް ގަސް ހައްދާ “ޕެރަޓް ޕޮޓް” އެވެ.
މީގެ އަގު ބާޒާރުގައި އުޅެނީ އެންމެ 99 ޑޮލަރަށެވެ. “ޕެރަޓް ޕޮޓް” އަކީ ގަހަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އޭގައި އެކުލެވިފައިވާ ބޭނުން ތަނެއްގައި ބެހެއްޓި ދާނެ އެއްޗެވެ. މީތި ހަމަ އާދައިގެ ބެޓެރިން މަސައްކަތް ކުރާނެ އެވެ.
އާންމުކޮށް ގަހަކަށް އާރޯކަން ގެންނަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް “ފެރަޓް ޕޮޓް” ފޯރުކޮށް ދޭނެ އެވެެ.
ހަމަ މިއާ އެކު ގެންގުޅޭ ފޯނަށް ގަހުގެ ހާލަތު “ޕެރަޓް ޕޮޓް” ގަވައިދުން ފޯރުކޮށް ދޭނެ އެވެ.
އެއީ “ފްލާވަ ޕޮޓް” ގެ ނަމުގައި މި ޕޮޓަށް ހާއްސަ އެޕަކާ އެކުގަ އެެވެ. އެހެންވެ ކަންބޮޑުވާކަށް ނުޖެހެ އެވެ.
ހަމައެނި ކުރަން ޖެހޭ ކަމަކީ އެއަށް ފެން އެޅުމެވެ. ދެ ލީޓަރުގެ ފެން ޕޮޓަށް އަޅައި ލެވޭނެ އެވެ.
އެއީ އާންމުކޮށް ހަފުުތާއަކަށް ގަހަށް ބޭނުންވާނެ މިންވަރެވެ.
ދެން ގަހަށް ބޭނުންވާ ހުރިހާ ވަސީލަތެއް “ޕެރަޓް ޕޮޓް” ސެންސަތަކުގެ އެހީގައި ފޯރުކޮށް ދޭނެ އެވެ.
އޭގެ ތެރޭގައި އިރުގެ ހަކަތަ އާއި ގަސް ކާނާ ފަދަ ތަކެތިން “ޕެރަޓް ޕޮޓް” މުއްސަނދި ކުރެވިފައި އެވެ.
“ޕެރަޓް ޕޮޓް” ފަރުމާ ކުރި ފްރާންސްގެ ހުނެރުވެރިޔާ ވިންސެންޓް ބިލާ ބުނީ ޕެރަޓް ޕޮޓާއި އޭގެ މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ވިއްކަން ފަށާނެ ކަމަށެވެ. މި ޕޮޓްގައި 7،000 ވައްތަރުގެ ގަސް ހެއްދޭނެ އެވެ.
އޭގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މާމެލާމެއްޔާއި ކެއުމަށް ބޭނުން ކުރާ ތަފާތު ބާވަތްތަކުގެ ފަތާއި ސައިފަތް ފަދަ ގަސްތައް ވެސް ހިމެނެ އެވެ.