English Edition
Dhivehi Edition

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ސްޕެއިންގެ ރާނީ ލެޓިޒިއާ އޯޓިސް ރޮކަސޮލާނޯއާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސުވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ހަތްދިހަ ދެވަނަ ވޯލްޑް ހެލްތް އެސެމްބްލީގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިންނެވެެ.

މިމަހުގެ ވިހިން އަށާވީހަށް ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ދެއްވި ތަޤުރީރުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކާއި، ހޯދިފައިވާ ކާމިޔާބީތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސަތޭކަ ނުވަދިހަ ހަތަރު މެންބަރު ޤައުމުންވަނީ ބައިވެރިވެފައެވެ.