English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ކެރަމަލް ޗީޒް ޕުޑިން ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

ކެރަމަލްއަށް: 1/2 ޖޯޑު ހަކުރު ، 2ސަމްސާ ފެން

ޕުޑިން އަށް:

350ގ ކްރީމްޗީޒް

1/2 ޖޯޑް ހެވީކްރީމް

1 ދަޅުގެރިކިރު

8 ބިސް

1/2 ސަމްސާ ވެނީލާ އެެސެންސް

2 ސަމްސާ ކޯންފްލަރ

ތައްޔާރުކުރާނެގޮތް: އެންމެފުރަތަމަ ޓްރޭއަށް ހަކުރާއި ފެން އެޅުމަށްފަހު ހަކުރުވިރުވާފައި ކެރަމަލްގަނޑު ތައްޔާރުވީމާ ހިހޫވަންދެން ބަހައްޓާށެވެ. ދެން ތައްޓަކަށް ކްރީމް ޗީޒްއެޅުމަށްފަހު ރަނގަޅަށް ހޭންޑް މިކްސަރ އިން އެއްކުރާށެވެ. ދެން ގެރިކިރު، ހެވީކްރީމް އަދި ބިސްއެޅުމަށްފަހު ރަނގަޅަށް މިކްސް ކުރާށެވެ. އެއަށްފަހު ވެނީލާ އެސެންސް އަދި ކޯންފްލާވެސް އެޅުމަށްފަު އޮލަވަންދެން ގިރާލާށެވެ. ދެން މި ތައްޔަރު ކުރި ޕުޑިންގ ކެރަމަލް ޓްރޭއަށް އެޅުމަށްފަހު އަވަނުން ފިހެލާށެވެ. ޕުޑިންގް ތައްޔާރުކޮށް ނިމުނީމަ 4 ގަޑިއިރުވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ސާވް ކުރާށެވެ.