English Edition
Dhivehi Edition

ދ.ވާނީގައި ހަދާފައި ހުރި ޕޮލިސް ޓްރެއިނިންގ ސްކޫލަށް 7 މިލިއަން ރުފިޔާގެ އެހީއެއް އިންޑިއާއިން ދެއްވައިފި އެވެ.

ދ. ވާނީގައި ގާއިމްކޮށްފައިވާ ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވަނީ 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެކެވެ.

އިންޑިޔާ ސަރުކާރުން ހަދިޔާކުރި މި ފައިސާއަކީ ރާއްޖޭގެ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދެއްވި އެހީތެރިކަމެކެވެ.
ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ދިވެހި ރުފިޔާ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި ޓްރެނިންގ ސެންޓަރުގެ މަޤްސަދަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމެވެ. އެ ސެންޓަރު ޤާއިމުކުރީ އައްޑޫގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސްކޫލްގައި ބަޔަކު ހުޅުޖަހާ އަންދާލުމާ ގުޅިގެންނެވެ.