English Edition
Dhivehi Edition

ރާއްޖެ ކަހަލަ ވަށައިގެން ބޮޑު ކަނޑެއް އޮތް ގައުމަކީ ރާޅާ އަޅާ ޒުވާނުންނަށް އޮތް ހިތްހަމަޖެހުމެކެވެ. އެކަމަކު ވަރަށް ކައިރި މުސްތަގުބަލެއްގައި ރާޅާއަޅާ ގޮތަށް ދެން ޒުވާނުން ހިޔާރު ކުރާނެ އެއް ކަމަކީ ޖައްވުގެ ތެރޭގައި “ވިލާއެޅުމެ” ވެ. އެއީ “ވިންގްބޯޑިން” އެވެ.

އެކަމަަށް ހާއްސަ ވިންގްބޯޑެއް މިހާރު ވަނި އީޖާދުކޮށްފަ އެވެ. މި އުފެއްދުން ވުޖޫދަށް ގެނެސްފައި ވަނީ ވަރަށް އަލަށް މިފަދަ މަަސައްކަތެއް ފެށި ވީޕް އޭވިއޭޝަންގެ ފަރާތުންނެވެ. އެ ކުންފުނިން އުފެއްދި “ސްކައި ބޯޑް” އަކީ ފްލައިޓެއްގެ އެހީގައި ބޭނުން ކުރެވޭ ގޮތަށް އުފައްދާފައިވާ ޒަމާނީ އާލަތެކެވެ.

Sky-Surfing620x315xEL-FI-Wingboarding-620x315.png.pagespeed.ic.7-Lxj6gDoVމި އުފެއްދުން ސާފް ކުރަން ބޭނުން ކުރާ ވޭކްބޯޑަކާ ތަފާތުވާ ތަންކޮޅަކީ ކޮއްޅަށް ހުރެގެން މޫދޫގައި ރާޅާ އަޅާ ގޮތަށް، ޖައްވުގެ ތެރޭގައި ވިލާތަކުގެ ތެރޭގައި ކޮއްޅަށް ހުރެެގެން ވިލާތަކުގެ ތެރޭގައި ދަތުރު ކުރެވޭ ކަމެވެ.

އެހެންވެ މިއީ އެފަދަ އެޑްވަންޗަރަސް ކުޅިވަރުތަކަށް ލޯބި ކުރާ ފަރާތްތަަކަށް ތަޖުރިބާކޮށްލަން އަނެއްކާ ވެސް ލިބޭ އާ ފުރުސަތަކަށް ވާނެ އެވެ.

“ވިންގްބޯޑް” އުފައްދާފައިވާ ގޮތަށް ބަލާ އިރު އޭތި ވައްތަރީ ކުޑަކުޑަ މަތިންދާބޯޓަކާ އެވެ.

ދެ ފިޔަގަނޑު ލާފައި ހުންނަ އިރު އޭގެ މަތީގައި ކޮއްޅަށް ހުރެގެން ލެންސް ކުރެވޭ ގޮތަށް އަތުން ހިފަހައްޓައިގެން ހުންނަ ގޮތަށް ކޭބަލްތަކެއް ހުންނާނެ އެވެ.

“މިއީ ފްލައިޓެއްގެ އެހީގައި ފްލައިޓް ފަހަތުގައި ވިންގްބޯޑްގެ މަތީގައި ހުރެގެން ވިލާތަކުގެ ތެރެއިން ދަތުރު ކުރެވޭނެ އުފެއްދުމެއް. މީތި ގާތްގަނކަށް ހަމަ މަސައްކަތް ކުރާނީ ސާފު ކުރަން ބޭނުން ކުރާ ވޭކްބޯޑް މަަސައްކަތް ކުރާ ގޮތާ. ތަފާތަކީ މޫދާއި ޖައްޗުގެ ތެރޭގައި ދަތުރު ކުރެވުން،” ވީޕް އޭޗިއޭޝަންގެ ފައުންޑަ އިންޖިއަނިއަރު އާރޮން ވީޕީސްޒިންސްކީ، 31، ބުންޏެވެ.

އޭނާ އީޖާދު ކުރި ވިންގްބޯޑް ޓެސްޓްކޮށްފައިވާ އިރު، މި އުފެއްދުން އާންމުންނާ ހަމައަށް ފޯރުކޮށް ދޭން ކުރާ މަސައްކަތަށް އާރޮން މިހާރު އަންނީ ފަންޑް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެހެންވެ ލަސްތަކެއް ނުވެ، ޒުވާނުންނަށް މި ކުޅިވަރު ތަޖުރިބާކޮށްލަން މަގުފަހިވެގެން ދާނެ ކަަމަށެވެ.